logoEN
ޚަބަރު

ރާއްޖެއަށް ލިބެނީ 1000 ކޯޓާ، އަމަލުކުރަނީ އުސޫލާ އެއްގޮތަށް: ޝަހީމް

އާމިނަތު ސަފާއާމިނަތު ސަފާ

26 ފެބްރުއަރީ 2025 - 06:47

ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބެނީ 1000 ކޯޓާކަމަށާއި އެ ކޯޓާތައް ބެހުމުގައި އަމަލުކުރަނީ އުސޫލާ އެއްގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ލިޔުމުން ހޯދަން ހުށަހެޅި ސުވާލަށް ދެއްވި ޖަވާބުގައެވެ.

undefined

މެމްބަރު މައުރޫފު ކުރެއްވި ސުވާލުގައިވަނީ ހައްޖަށް ދިއުމަށްޓަކައި ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ދޫކުރަނީ ކިތައް ކޯޓާތޯ އާއި ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ ދޭ ފަރާތްތައް ކަނޑައެޅުމުގައި އެ ކޯޓާ ދެނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމުގައި އަމަލުކުރާނެ އުސޫލެއް އޮވޭތޯއާއި މީގެ އިތުރުން ސައުދީ ސަރުކާރުން ދޫކުރާ ކޯޓާގެ ތެރެއިން ސަރުކާރާއި ހައްޖު ކޯޕަރޭޝަނާއި ވުޒާރާގެ ބޭނުމަށް ކޯޓާ ކަނޑައަޅަނީ ކޮން އުސޫލަކަށް ރިއާޔަތްކޮށްގެންތޯ އޮޅުންފިލުވުމަށްއެދިއެވެ.

ޖަވާބު ލިޔުމުން ފޮނުއްވާ ވަޒީރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބެނީ 1000 ކޯޓާކަމަށެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ސައުދީ ސަރުކާރުން ދޫކުރާ ކޯޓާގެ ތެރެއިން ސަރުކާރާއި ހައްޖު ކޯޕަރޭޝަނާއި ވުޒާރާގެ ބޭނުމަށް ކޯޓާ ކަނޑައަޅާފައިވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާއި އެއްގޮތަށް ކަމަށެވެ.

ކޮމެންޓް

871x217_placeholder