logo
E-Platinum
ޚަބަރު

ރޯދަމަހުގެ ކަރަންޓު ބިލުން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ

ހުސައިން ވަސީމް
26 ފެބްރުއަރީ 2025 - 12:49
ރޯދަމަހުގެ ކަރަންޓު ބިލުން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ

ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ރޯދަ މަހު ކަރަންޓު ބިލުތައް ތައްޔާރު ކުރަނީ ވަކިން ކަމަށެވެ. މިފަހަރުގެ ބިލު ތައްޔާރުކުރާނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވި އެއް އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކަރަންޓް ބިލުގެ އިތުރުން ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރޯދަ މަހު ކަރަންޓު ބިލުތަކުން ޑީސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދ ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މިއަހަރުވެސް ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސް ދަޅުކޭސް ހަދިޔާކުރަން ފަށާފަ އެވެ.

 

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީން- އިސްރާއީލް މައްސަލަ: ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރަށް މަރުހަބާޚަބަރު | 7 ގަޑިއިރު ކުރިންރައީސް ޑރ. މުއިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނި މީހެއްގެ މައްސަލައެއް ބަލަންފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި ޚަބަރު | 12 ގަޑިއިރު ކުރިންނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ޚަބަރު | ދުވަހެއް ކުރިން