logo
E-Platinum
ކުޅިވަރު

ހިތިގޮތަކަށް ބަލިވެ ރެއާލް މެޑްރިޑް ތާވަލުގެ 3 ވަނައަށް ވެއްޓިއްޖެ

އަބްދުﷲ ޣާނިމް
2 މާރިޗު 2025 - 06:04
ފަހަކަށް އައިސް ރެއާލް މެޑްރިޑުން ލީގުގައި ހޯދަމުން ގެންދަނީ ދަށް ނަތީޖާތަކެއް، ފޮޓޯ: ފަބްރީޒިއޯ
ފަހަކަށް އައިސް ރެއާލް މެޑްރިޑުން ލީގުގައި ހޯދަމުން ގެންދަނީ ދަށް ނަތީޖާތަކެއް، ފޮޓޯ: ފަބްރީޒިއޯ

ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސް އަތުން ބަލިވެ، ތާވަލުގެ ތިން ވަނައަށް ރެއާލް މެޑްރިޑް ވެއްޓިއްޖެއެވެ.

ބެޓިސްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުން ރެއާލް މެޑްރިޑް ބަލިވީ ގޯލެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ބެޓިސް ދެގޯލުޖަހައިގެންނެވެ. ރެއާލް މެޑްރިޑްގެ ގޯލު މެޗުގެ ފަށައިގެން އެންމެ 10 މިނެޓު ތެރޭގައި ބްރަހީމް ޑިއާޒް ޖެހިއިރު، ރެއާލް ބެޓިސް އިން މެޗު އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ 34 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކޯރޑޮސާއެވެ. ބެޓިސް މޮޅުކޮށްދިން ގޯލު ޖަހައިދިނީ ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ އެވެ. މިއީ މެޗުގެ 53 ވަނަ މިނެޓުގައި ބެޓިސްގެ ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރުޑިގާ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މެޗުނިމުނީ 2-1 އިން ބެޓިސް ކުރީގައި އޮވެގެންނެވެ.
ރޭގެ ބައްޔާއެކު ރެއާލް މެޑްރިޑް އެންމެފަހުން ކުޅުނު 5 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާއިރު، ފާއިތުވެ ދިޔަ އެއްމަސް ތެރޭގައި ކުޅުނު 5 މެޗުން ރެއާލް އަށް ވަނީ 10 ޕޮއިންޓް ގެއްލިފައެވެ. އަދި މިމުއްދަތުގައި ލިބިފައިވަނީ އެންމެ 5 ޕޮއިންޓެވެ.
މީގެ އިތުރުން ރޭގައި އެތްލެޓިކޯ މެޑްރިޑް ވަނީ ބިލްބާއޯ އަތުން 1-0 އިން މޮޅުވެ، ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ.
އެތްލެޓިކޯ މެޑްރިޑް މިވަގުތު 56 ޕޮއިންޓާއެކު ތާވަލުގެ 1 ވަނައިގައި އޮތްއިރު، އެއްމެޗު މަދުންކުޅެ ދެވަނައިގައިވާ ބާސާ އަދި ރެއާލް މެޑްރިޑްއަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރަކު 25 މިލިއަން ޔޫރޯ ނުލިބޭނަމަ ވިނީސިއުސް އެއްބަސްވުން އައުނުކުރާނެ ކުޅިވަރު | 6 ގަޑިއިރު ކުރިންބާސެލޯނާއަށްވުރެ ގިނަ ޗެންޕިއަންސްލީގު ކާމިޔާބުކޮށްފައިވާ މޮޑްރިޗްއަށް އެކުލަބުން އިހުތިރާމް ކުޑަކޮށްފިކުޅިވަރު | 2 ދުވަސް ކުރިންއަންނަ ސީޒަނުން ފެށިގެން ލަލީގާގެ ވީއޭއާރ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއްކުޅިވަރު | 4 ދުވަސް ކުރިންރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފިކުޅިވަރު | 9 ދުވަސް ކުރިން