logo
E-Platinum
ކުޅިވަރު

ރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފި

އަބްދުﷲ ޣާނިމް
24 ޖުލައި 2025 - 06:35
ރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފި

ރިއަލް މެޑްރިޑްގެ ފްރާންސްގެ ސުޕަރ ސްޓަރ ކިލިއަން އެމްބާޕޭ 2025/26 ސީޒަނުން ފެށިގެން ކްލަބުގެ ލެޖެންޑަރީ ނަންބަރު 10 ޖޯޒީ ލާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ގިނަ ސަޕޯޓަރުންނާއި މީޑިޔާތަކުން މިކަން ރިޕޯޓްކުރިނަމަވެސް މިއަދާއި ހަމައަށް އެއްވެސް ފަރާތަކުން މިކަން މީގެކުރިން ޔަޤީންކޮށްދީފައެއް ނުވެއެވެ. އެމްބާޕޭ ވަނީ އޭނާގެ އެކްސް (ޓްވިޓަރ) ގައި ކުރު މެސެޖެއް ޝާއިއުކޮށް މިކަން ކަށަވަރުކޮށްދީފައެވެ. ބުދަ ދުވަހުގެ ރޭ އޭނާ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި "10" މި ނަންބަރު ޝާއިއުކޮށްފައެވެ.

 

އެމްބާއްބޭ ކުލަބަށް ބަދަލުވި ފަހުން ކުޅެފައިވަނީ 9 ނަންބަރު ޖޯޒީ ލައިގެންނެވެ. ނަމަވެސް ލޫކާ މޮޑްރިޗް މިލާނަށް ބަދަލުވުމާ ގުޅިގެން ނަންބަރު 10 ޖާރސީ ހުސްވެފައިވެއެވެ. މި ނަންބަރަކީ ކްލަބުގެ ތާރީހުގައި ޖޭމްސް ރޮޑްރިގެޒް، މެސުޓް އޯޒިލް، ރޮބިންހޯ، ލުއިސް ފީގޯ އަދި ކްލެރެންސް ސީޑޯފް ފަދަ ބޮޑެތި ތަރިން ކުޅެފައިވާ ނަންބަރެކެވެ.

Gr7vy-hWwAEpH5m.jpeg

ވޭތުވެދިޔަ 8 އަހަރުގައި މެޑްރިޑްގައި 10 ނަންބަރު ޖޯޒީ ބޭނުންކުރީ ލޫކާ މޮޑްރިޗް

އެމްބާޕޭއަށް މިއީ ހަމައެކަނި ނަންބަރު ބަދަލުކުރުމެއް ނޫނެވެ. މިއީ އޭނާއަށް ލީޑަރޝިޕް އަދި ކްރިއޭޓިވިޓީގެ ނިޝާނެކެވެ. ފްރާންސްގެ ގައުމީ ޓީމުގައި އެމްބާއްޕެ ކުޅެނީ 10 ނަންބަރު ޖޯޒީގައެވެ. ނަމަވެސް ޕީއެސްޖީގައި އެމްބާއްޕޭ ކުޅެފައިވަނީ 7 ނަންބަރު ޖޯޒީލައިގެންނެވެ. އެހެންކަމުން މިއީ އެމްބާއްޕޭ މޮނާކޯގައި 10 ނަންބަރު ބޭނުންކުރިފަހުން ކުލަބް ލެވެލްގައި 10 ނަންބަރު ޖޯޒީ ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ.

އެމްބާއްޕޭގެ ނަންބަރު 9 ޖޯޒީއަށް ވާނީ ކިހިނެއް؟

އެމްބާޕޭ ނަންބަރު 10 އަށް ބަދަލުވުމާ ގުޅިގެން ނަންބަރު 9 ޖާރސީ ހުސްވާނެއެވެ. މިވަގުތު މި ނަންބަރަށް އެންމެ ބޮޑަށް ވާދަކުރަމުންދަނީ ދެ ޒުވާން ކުޅުންތެރިންނެވެ. އެއީ އެންޑްރިކް އަދި ގޮންޒާލޯ ގާސިއާއެވެ. އެންޑްރިކްއަކީ މި ނަންބަރުގެ ވާރިސްކަމަށް ގިނަ ބަޔަކު ލަފާކުރި ނަމަވެސް، ކުލަބް ވޯލްޑްކަޕްގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ ގޮންޒާލޯގެ ފޯމް ރަނގަޅުވުމާ ގުޅިގެން މިކަން އިތުރަށް ވަނީ އުނދަގޫވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފިކުޅިވަރު | 6 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ޓްރާންސްފަރ ބުލީގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން ބަދަލުހިފަން ނިކުންނަނީކުޅިވަރު | 9 ދުވަސް ކުރިންކޯޓުއާ މެޑްރިޑްގެ ކޮންޓްރެކްޓް އައުކުރުމަށް އެއްބަސްވެއްޖެ ކުޅިވަރު | 11 ދުވަސް ކުރިންވިނީސިއުސްގެ ސޮއި ހޯދުމަށް ސަޢުދީއިން 350 މިލިޔަން ޑޮލަރާއެކު 1 ބިލިޔަން ޑޮލަރުގެ މުސާރައެއްކުޅިވަރު | 12 ދުވަސް ކުރިން