logo
E-Platinum
ކުޅިވަރު

ރެއާލް މެޑްރިޑްގެ ޓްރާންސްފަރ ބުލީގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން ބަދަލުހިފަން ނިކުންނަނީ

އަބްދުﷲ ޣާނިމް
21 ޖުލައި 2025 - 03:08
ލިވަރޕޫލުން ރޮޑްރީގޯގެ ސޮއި ހޯދުމަށް މަސައްކަތްކުރާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި
ލިވަރޕޫލުން ރޮޑްރީގޯގެ ސޮއި ހޯދުމަށް މަސައްކަތްކުރާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި

ގިނަ އަހަރުތަކެއް ވަންދެން ޓްރާންސްފަރ މާކެޓުގައި ރެއާލް މެޑްރިޑްގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން ބަދަލުހިފުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ. އެގޮތުން ލިވަޕޫލުން މިހާރު ތައްޔާރުވަމުންދަނީ އެޓީމު ދޫކޮށްލަން ތައްޔާރުވެފައިވާ ލުއިޒް ޑިއާޒްގެ ބަދަލުގައި ރެއާލް މެޑްރިޑްގެ ރޮޑްރީގޯގެ ސޮއި ހޯދާށެވެ. ސްޕެއިންގެ ނޫސް "އޭއެސް" އިން ބުނާ ގޮތުގައި މިއީ ލިވަޕޫލުން ރިއަލް މެޑްރިޑަށް ދޭން އުޅޭ "ބަދަލު ހިފުމުގެ" ހަމަލާއެކެވެ.

މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯ ހޫނުވަމުން އަންނައިރު، ލިވަޕޫލަކީ އެންމެ އަވަސް ކްލަބުތަކުގެ ތެރެއިން އެއް ކްލަބެވެ. މިހާތަނަށް 5 ކުޅުންތެރިން ސޮއިކޮށް، 6 ވަނަ ކުޅުންތެރިއެއްގެ ގޮތުގައި ހިއުގޯ އެކިޓިކޭ ސޮއިކުރުމާ ކައިރިވެފައިވާއިރު، މާސައިޑް ކްލަބުގެ ޓްރާންސްފަރ ހަރަކާތްތައް މަޑުޖެހޭ ގޮތެއް ނުވެއެވެ. އެކިޓިކެ ގެ ސޮޔާއެކު ލިވަޕޫލް މިއަހަރު މިހާތަނަށް 250 މިލިޔަން ޕައުންޑްއަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާނެއެވެ.

ސަންޓިއާގޯ ބަރްނަބިއުގައި ރޮޑްރިގޯގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވަނީ ސްކޮޑުގައި ވާދަވެރިކަން އިތުރުވެ، ޓީމުގެ ޕްލޭންތައް ސާފުނުވާތީއެވެ. އާސެނަލް، ޕީއެސްޖީ އަދި ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން ވެސް ރޮޑްރިގޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ލިވަޕޫލުން މިފަހަރު އަނެއްކާވެސް މި ވާދައަށް ނުކުމެފައިވަނީ ނުނިމި އޮތް މަސައްކަތެއް ނިންމުމުގެ ވިސްނުމުގައެވެ.

ރޮޑްރިގޯގެ އޭޖެންޓް ނިކް އަރކޫރި ބުނާ ގޮތުގައި، 2017 ގައި ރޮޑްރިގޯ ސަންޓޯސްގައި އުޅުނުއިރު، އޭނާގެ އުމުރުން 16 އަހަރުގައި ލިވަޕޫލުން އޭނާ ގެންދިއުމަށް މަސައްކަތްކުރިއެވެ. އޭރުގެ މެނޭޖަރު ޔުރްގަން ކްލޮޕް ބޭނުންވީ ރޮޑްރިގޯއަކީ އޭނާގެ ފުރަތަމަ ސޮއިކުރުމަށް ހެދުމަށެވެ. ނަމަވެސް ލިވަޕޫލުލަށްވުރެ ބޮޑުއަގެއް ހުށަހަޅައި ރެއާލްއިންވަނީ ރޮޑްރީގޯގެ ސޮއި ހޯދާފައެވެ.
މީގެއިތުރުން އެމްބާއްޕޭގެ ސޮއި ހޯދުމަށް މީގެކުރިން ލިވަޕޫލުން މަސައްކަތްކުރިނަމަވެސް، މިކުޅުންތެރިޔާގެ ސޮއި ވަނީީ ރެއާލް މެޑްރިޑުން ސޮއި ހޯދާފައެވެ. އަދި ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި އޮރެލިއަން ޗުއަމެނީގެ ސޮއި ހޯދުމަށް ލިވަޕޫލުން މަސައްކަތްކުރިނަމަވެސް، ރެއާލް އިން ވަނީ ފަހުގަޑީގައި މިކުޅުންތެރިޔާގެ ސޮއި ހޯދާފައެވެ. ރެއާލް މެޑްރިޑްގެ ކަމަވިންގާގެ ސޮއި ހޯދުމުގެ މަސައްކަތް ލިވަޕޫލުން ކުރިނަމަވެސް، ފަހުގަޑީގައި ލިވަޕޫލަށްވުރެ ބޮޑު އަދަދެއް ހުށަހަޅައި މެޑްރިޑުން ވަނީ މިކުޅުންތެރިޔާެގެ ސޮއި ހޯދާފައެވެ. އަދި މީގެ ދެއަހަރުކުރިން ލިވަޕޫލުން ބެލިންގްހަމްގެ ސޮއި ހޯދުމާއި ގާތުގައިވަނިކޮށް ރެއާލް އިން ވަނީ ފަހުގަޑީގައި ބެލްނިގްހަމްގެ ސޮއި ހޯދާފައެވެ.

މިހުރިހާ ޓްރާންސްފާ ތަކަށްފަހު، މިިދިޔަ ޖޫން މަހުގައި ރެއާލް އިން ވަނީ ލިވަޕޫލުގެ އެކަޑެމީއިން ފެށިގެން ކުލަބުގައި 19 އަހަރު ހޭދަކޮށްފައިވާ، ލިވަޕޫލް ސިޓީއަށް ނިސްބަތްވާ އެކުލަބުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އާނޯލްޑްގެ ސޮއި ހިލޭ ހޯދާފައެވެ. މި ޓްރާންސްފާ އާއި ގުޅިގެން ލިވަޕޫލުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓުން ރުޅިގަދަވެފައިވާ ދަނޑިވަޅުގައި، ރެއާލް އިން މިހާރު ދިމާކޮށްފައިވަނީ ލިވަޕޫލުގެ އެންމެ މުހިންމު އެއް ޑިފެންޑަރ ކޮނާޓޭގެ ސޮއި ހޯދުމަށެވެ. އެގޮތުން މިހާރު މިކުޅުންތެރިޔާ ވަނީ ލިވަޕޫލާއެކު އެއްބަސްވުން އައު ކުރުމަށް ދެކޮޅުހަދާފައެވެ. އަންނަ އަހަރުގެ ޖުލައި މަހުގައި ކޮންޓްރެކްޓް ހަމަވާ މިކުޅުންތެރިޔާވެސް ހިލޭ ރެއާލް އަށް ދޫކޮށްލަންޖެހިދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.

ރެއާލްގެ ބުލީގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން މި ޓްރާންސްފާ މާކެޓްގައި މިހާތަނަށް ދުވަހަކުވެސް އެކުލަބުން ޚަރަދުނުކުރާހާވަރަށް ޚަރަދުކުރަމުން ބޮޑު އަގުގައި ކުޅުންތެރިން ގެންނަމުންދާ މިދަނޑިވަޅުގައި، އެކިޓިކެ އަށްފަހު އެކުލަބުން އަމާޒުހިފާނީ ރެއާލްގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ކުޅުންތެރިޔާގެ ސޮއި ހޯދުމަށްކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑްގެ ޓްރާންސްފަރ ބުލީގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން ބަދަލުހިފަން ނިކުންނަނީކުޅިވަރު | 2 ދުވަސް ކުރިންއެކިޓިކެ ލިވަޕޫލަށް ބަދަލުވުމަށް ފްރެންކްފަރޓް އާއި ދެމެދު އެއްބަސްވުމަކަށް އައިސްފިކުޅިވަރު | 2 ދުވަސް ކުރިންޔުނަޢިޑެޓުން ބޭނުންނެތިގެން ދޫކޮށްލާ ރަޝްފޯޑު ބާސާއަށް ބަދަލުވަނީކުޅިވަރު | 3 ދުވަސް ކުރިންއޮސިމެން އެނބުރި ގަލަޓަސަރާއީ އަށް، ނަޕޮލީގެ ސަޕޯޓަރުން ރަތަށްކުޅިވަރު | 3 ދުވަސް ކުރިން