logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

ކުޅިވަރު

އާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށް

އަބްދުﷲ ޣާނިމް
1 މާރިޗު 2026 - 04:15
އާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޫގޯ އެކިޓިކޭގެ މޮޅު ކުޅުމާއެކު ލިވަޕޫލުން 5-2 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ. މި މޮޅާއެކު އާނޭ ސްލޮޓްގެ ލިވަޕޫލް ވަނީ ތާވަލުގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ.

އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ޖެހި ތިން ލަނޑަކީވެސް ކޯނަރުތަކުން އުފެއްދި ފުރުސަތުތަކުގައި ޖެހި ލަނޑުތަކެކެވެ. މެޗުގެ 5 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލާއީ ނެގި ކޯނަރަކުން އެކިޓިކޭ ވަނީ ލިވަޕޫލަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން 24 ވަނަ މިނެޓުގައި ސޮބޮސްލާއީގެ ކޯނަރަކުން ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށްފައެވެ.
މިއާއެކު މިސީޒަނުގަ ކޯނަތުްނ އެންމެ ގިނަ ގޯލުޖެހި އާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށް ދީއްލާލުމުގެ ފުރުސަތުވަނީ ބޮޑޫވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެލެކްސިސް މެކް އެލިސްޓާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ މުހައްމަދު ސަލާހް ނެގި ކޯނަރަކުން އެކިޓިކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެކް އެލިސްޓާ ފައިގެ ބޭރު ފުށުން ޖެހި ލަނޑެކެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި މެޗެއްގެ ފުރަތަމަ ހާފުގައި ކޯނަރުން ތިން ލަނޑު ޖެހި ދެވަނަ ޓީމެވެ.

ވެސްޓް ހޭމުން ވަނީ ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓުގެ ތެރޭގައި ޓޯމަސް ސޫޗެކް ޖެހި ލަނޑަކުން އުންމީދު އާކޮށްފައެވެ. އެއަށްފަހު ލިވަޕޫލަށް ޕްރެޝަރު ބޮޑުވި ނަމަވެސް، 70 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާއެއް އާރޮން ވަން-ބިސާކާ ގައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ.

ވެސްޓް ހޭމްގެ ވެލެންޓިން ކަސްޓެޔާނޯސް ލަނޑެއް ޖަހައި ނަތީޖާ 4-2 އަށް ބަދަލުކުރި ނަމަވެސް، މެޗުގެ 82 ވަނަ މިނެޓުގައި އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލިވަޕޫލުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިމޮޅާއެކު ލިވަޕޫލް ވަނީ ވަގުތީގޮތުން ތާވަލުގެ ފަސްވަނަ އަށް ޖެހިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށްކުޅިވަރު | 2 ގަޑިއިރު ކުރިންމެކަލިސްޓާގެ ފަހުވަގުތުގެ ގޯލާއެކު ލިވަޕޫލް އަށް މުހިންމު މޮޅެއްކުޅިވަރު | 6 ދުވަސް ކުރިންނިއުކާސަލް އަދި ސިޓީ އާއެކު ލިވަޕޫލްވެސް އެފްއޭކަޕްގެ ފަސްވަނަބުރަށް ދަތުރުކޮށްފިކުޅިވަރު | 14 ދުވަސް ކުރިންޗެންޕިއަން ލިވަޕޫލުގެ މިއަހަރުގެ ލީގުގެ އަމާޒަކީ ޗެންޕިއަންސް ލީގަށް ކޮލިފައިންވުން - ސްލޮޓްކުޅިވަރު | 15 ދުވަސް ކުރިން