logo
E-Platinum
ކުޅިވަރު

އަހަރަކު 25 މިލިއަން ޔޫރޯ ނުލިބޭނަމަ ވިނީސިއުސް އެއްބަސްވުން އައުނުކުރާނެ - ރިޕޯރޓްސް

އަބްދުﷲ ޣާނިމް
2 އޯގަސްޓު 2025 - 11:26
 އަހަރަކު 25 މިލިއަން ޔޫރޯ ނުލިބޭނަމަ ވިނީސިއުސް އެއްބަސްވުން އައުނުކުރާނެ

ރިއަލް މެޑްރިޑްގެ ބްރެޒިލިއަން ތަރި ވިނީސިއުސް ޖޫނިއާ އޭނާގެ އެއްބަސްވުން އައުކުރުމަށް އަހަރަކު 25 މިލިއަން ޔޫރޯގެ މުސާރައެއް ހޯދުމަށް ޝަރުތުކޮށްފިއެވެ. ކަޑެނާ އެސްއީއާރުން ރިޕޯޓުކުރި ގޮތުގައި މި އަދަދު ނުލިބޭނަމަ އެއްބަސްވުން އައުނުކުރާނެ ކަމަށް ވިނީސިއަސް ބުނެފައިވެއެވެ.

މިހާރު 2027 ވަނަ އަހަރާ ހަމައަށް އެއްބަސްވުމެއްގައި ހުރި ވިނީސިއަސްއަށް އަހަރަކު 15 މިލިއަން ޔޫރޯ ލިބެމުންދެއެވެ. ނަމަވެސް މިއަށްވުރެ މާ ބޮޑު އަގެއް ޙައްޤުވާ ކަމަށް ވިނީސިއަސް ދެކެއެވެ. ވިނީސިއުސް ބޭނުންވަނީ އެމްބާއްޕޭ އަށް ދޭވަރުގެ މުސާރައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިނީސިއަސްގެ މި ޑިމާންޑަށް ރިއަލް މެޑްރިޑުން އިޖާބަދީފިނަމަ، އޭނާ ވެގެންދާނީ އެމްބާޕޭއަށްވުރެވެސް މުސާރަ ބޮޑު، ކްލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަށެވެ. ނަމަވެސް ކްލަބުގެ މުސާރައިގެ އޮނިގަނޑު ހިފެހެއްޓުމަށްޓަކައި މިހާރު މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ވެއެވެ.

Vinicius Jr Real aa dhemdhu ehbbasvun au kurun huttumakah | Mendhuru TvTikTokYouTubeInstagramXFacebook

Vinicius Jr Real aa dhemdhu ehbbasvun au kurun huttumakah | Mendhuru TvTikTokYouTubeInstagramXFacebook

 

މިވަގުތު ރިއަލް މެޑްރިޑުން މިހާރުގެ މުސާރައިގެ އޮނިގަނޑާ ޚިލާފަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރާކަށެވެ. ސައުދީ އަރަބިއްޔާއިން ލިބުނު ބޮޑެތި އޮފަރތަކަށް ވިނީސިއުސް އިންކާރުކޮށް، ރިއަލް މެޑްރިޑްގައި ދެމިހުންނަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

އެހެން މަސްދަރުތަކުން ބުނާ ގޮތުގައި މި މައްސަލަ ހައްލުކުރުމަށް ރިއަލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރެޒް އޯގަސްޓް މަހު ވިނީސިއުސް ޗުއްޓީން އެނބުރި އައުމުން މަޝްވަރާތަކުގައި ބައިވެރިވާނެއެވެ. އަދި ކުރިއަށް އޮތް ސީޒަންގައި ވިނީސިއަސްގެ ޕަފޯމަންސްއަށް ބަލައި، އޭނާގެ ޑިމާންޑަށް އިޖާބަދޭނީތޯ ނުވަތަ ދޫކޮށްލާނީތޯ ނިންމާނެ ކަމަށްވެސް ބެލެވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރަކު 25 މިލިއަން ޔޫރޯ ނުލިބޭނަމަ ވިނީސިއުސް އެއްބަސްވުން އައުނުކުރާނެ ކުޅިވަރު | 10 ގަޑިއިރު ކުރިންސެސްކޯ ގެނައުމަށް ނިއުކާސްލް ޔުނައިޓެޑުން 80 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފިކުޅިވަރު | 11 ގަޑިއިރު ކުރިންއިސާކްގެ ސޮއި ހޯދަން ލިވްޕޫލުން ހުށަހެޅި ބިޑު ބޭރުކޮށްލައިފިކުޅިވަރު | 15 ގަޑިއިރު ކުރިންޕީއެސްޖީިއިން ޑޮނަރުމާއަށް ބިރުދައްކަނީކުޅިވަރު | 16 ގަޑިއިރު ކުރިން