logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕީއެސްޖީިއިން ޑޮނަރުމާއަށް ބިރުދައްކަނީ

އަބްދުﷲ ޣާނިމް
2 އޯގަސްޓު 2025 - 06:15
ޑޮނަރުމާ އަކީ މިދިޔަ ސީޒަނުގެ ޕީއެސްޖީގެ ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް ހިއްސާކުރާ އެކަކު
ޑޮނަރުމާ އަކީ މިދިޔަ ސީޒަނުގެ ޕީއެސްޖީގެ ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް ހިއްސާކުރާ އެކަކު

މުސާރައިގެ މައްސަލަތަކާހުރެ ޖިއަންލުއިޖި ޑޮނަރުމާއާއި އޭނާގެ ކުލަބު ޕީއެސްޖީއާއި މައްސަލަޖެހިފައިވާއިރު، ކޮންޓްރެކްޓް އައު ނުކޮށްފިނަމަ، އޭނާ ބެންޗަށް ލާނެ ކަމުގެ އިންޒާރު ކްލަބުން ދީފިއެވެ.

ޕީއެސްޖީގެ ތާރީޚުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ ޗެންޕިއަންސްލީގު އެޓީމަށް މިސީޒަނުގައި ކާމިޔާބުކޮށްދިނުމަގައި ޑޮނަރުމާ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއާއެކު އަންނަ އަހަރަށް ކޮންޓްރެކްޓް ހަމަވާ ޑޮނަރުމާ ވަނީ އައު ކޮންޓްރެކްޓާއެކު މުސާރަ ބޮޑުކުރަން އެދިފައެވެ. އަދި މިމައްސަލަ އިތުރަށް ދިގުލައިގެންދާތީ ޕީއެސްޖީއިން ވަނީ ލިލް ގެ ގޯލްކިޕަރު ލޫކަސް ޗެވަލިއަރގެ ސޮއި ހޯދަން ތައްޔާރުވެފައެވެ. 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޑޮނަރުމާއަށް މިހާރު އޮތްގޮތަކީ ޕީއެސްޖީއިން ހުށަހަޅާގޮތަށް ކޮންޓްރެކްޓް އައުކުރުން ނުވަތަ ކުލަބް ދޫކޮށްލުމެވެ. ނަމަވެސް މިހާރުވެސް ހަފްތާއަކު 244،000 ޔޫރޯ ލިބޭ ޑޮނަރުމާ އެހެންކުލަބަކަށް ބަދަލުވެއްޖެނަމަ، އެވަރުގެ މުސާރައެއް ނުލިބޭނެކަން ޑޮނަރުމާ ޤަބޫލުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަ ޓައިމްސްގެ ނޫސްވެރިޔާ ޑަންކަން ކާސަލްސް ހާމަކުރި ގޮތުގައި، ލޫކަސް ޗެވަލިއަރގެ ސޮއި ހޯދުމަށްފަހު ޑޮނަރުމާ ކްލަބުން ދޫކޮށްލަން އިންކާރު ކޮށްފިނަމަ، އޭނާ އަށް އޮތްގޮތަކީ ކޮންޓްރެކްޓް އައު ކުރުން ކަމަށާއި، އެހެންނޫނީ އޭނާ ރިޒާވް ޓީމަށް ބަދަލުކުރާނެ ކަމަށް ބުނެ ޕީއެސްޖީން ބުނެފައިވެއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ނަންބަރު އެއް ނަންބަރު ގޯލްކީޕަރު ޑޮނަރުމާ އަށް ޗެލްސީ އަދި މެންޗެސްޓަރ ސިޓީން އޮފަރު ހުށަހަޅާނެ ކަމަށް ޕީއެސްޖީން އުންމީދު ކުރެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑްވެސް އޭނާގެ ސޮއި ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓު ލިބެއެވެ.

24 އަހަރުގެ ޑޮނަރުމާ ޕީއެސްޖީ އާ ގުޅުނީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ކުޅުނީ އޭސީ މިލާން އާ އެކުގައެވެ. ނަމަވެސް މިލާން އާ އެކު ކޮންޓްރެކްޓް އައު ނުކޮށް ހިލޭ ޓްރާންސްފަރއެއްގައި ޕީއެސްޖީ އަށް ބަދަލުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 9 ދުވަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 15 ދުވަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 16 ދުވަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 16 ދުވަސް ކުރިން