logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފޮނު އެރުވުމަށްފަހު ދަނޑަށް ނިކުތް ޔަމާލްއާއި ބާސާއަށް، ޕީއެސްޖީގެ ބެންޗުޓީމުން ފިލާވަޅެއް ނަގައިދީފި

އަބްދުﷲ ޣާނިމް
2 އޮކްޓޯބަރު 2025 - 03:20
ފޮނު އެރުވުމަށްފަހު ދަނޑަށް ނިކުތް ޔަމާލްއާއި ބާސާއަށް، ޕީއެސްޖީގެ ބެންޗުޓީމުން ފިލާވަޅެއް ނަގައިދީފި

އަނިޔާގެ ސަބަބުން ފުރަތަމަ 11 ގެ ގިނަ ުކުޅުންތެރިންތަކެއް ބާކީކޮށް، ރޭގައި ބާސެލޯނާއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑު މޮންޖުއިކް ގައި ކުޅުނު މިމެޗު ޕީއެސްޖީ އިން ކާމިޔާބުކުރީ 2-1 އިންނެވެ.

މިމެޗުގައި ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް އާއި މިޑްފީލްޑަރ ޖޮއާއޯ ނެވޭސްގެ އިތުރުން ފުރަތަމަ 11 ގެ ޓީމުގެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ޑޫއޭ އާއި ކަވަރަޓްސްކޭލިއާގެ އިތުރުން ބެލަންޑޯ ހޯދި ޑެމްބެލޭވެސް އަނިޔާގެ ސަބަބުން ޓީމުން ވަނީ ބާކީކޮށްފައެވެ. އެހެންކަމުން ޗެންޕިއަންސް ލީގުގައި މިފަދަ މުހިންމު މެޗެއްގައި ޕީއެސްޖީ އަށް މަޖުބޫރުވެފައިވަނީ ބެންޗު ކުޅުންތެރިންތަކެއް އަރުވައިގެން ކުޅުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗު ފަށައިގެން ފުރަތަމަ 30 މިނެޓުގައި ބާސެލޯނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ރަޝްފޯޑުގެ ޕާހަކުން ފެރާން ގޯލު ކާމިޔާބުުރިއިރު، ބާސެލޯނާއަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

ނަމަވެސް މެޗުގެ ކޮންޓްރޯލް ޕީއެސްޖީއިން ވަނީ 30 ވަނަ މިނެޓުގައި ނަގާ، މުޅު މެޗު ދެވަނަ ހާފުގައިވެސް ކޮންޓްރޯލް ކޮށްފައެވެ. ޕީއެސްޖީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭޒްގެ ރީތި އެސިސްޓަކުން 19 އަހަރުގެ މަޔޫލޫއެވެ. އަދި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރާމޯސް ވަނީ 90 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ގޯލުޖަހައިދީ މެޗުން މޮޅުކޮށްދީފައެވެ.

Screenshot 2025-10-02 084921.png

މެޗުގެ މޮޅުކުޅުންތެރިޔާ މެންޑޭޒް

މިމެޗުގައި ޔަމާލްގެ ފަރާތުން މެޗުގެ ކުރީކޮޅުގައި މޮޅުކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ މޮޅުކުޅުންތެރިޔާ ވަނީ ޔަމާލް 30 މިޏެޓުފަހުން މުޅިންހެން އެކީގައި ހުއްޓުވާފައެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ 11 ގެ ދެކުޅުންތެރިންކަމަށްވާ ކީޕަރު ގާސިއާ އާއި ރަފީނިޔާ އަށް އަނިޔާގެ ސަބަބުން ޓީމުން ވަނީ ވަނީ ބާކީކުރަންޖެހިފައެވެ.

ރޭގެ މެޗުގެ ކުރިން ޔަމާލް ވަނީ މެޗުގެ އެއްވެސް ޕްޜެޝަރެއް ނެތް ކަމަށްބުނެ، ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގައި ޕީއެސްޖީ އަތުން 4-1 އިން ބަލިވި މެޗަށްފަހު، ޕީއެސްޖީގެ ކިބައިން ބަދަލުހިފާނެކަމަށް ޔަމާލް ވަނީ މީގެކުރިން ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | 4 ގަޑިއިރު ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 4 ދުވަސް ކުރިންމިއަހަރުގެ ގޯލްޑަން ބޯއީ އެވޯޑް ޕީއެސްޖީގެ ޑޫއޭ އަށްކުޅިވަރު | 5 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިން