logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެސްކޯ ގެނައުމަށް ނިއުކާސްލް ޔުނައިޓެޑުން 80 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

އަބްދުﷲ ޣާނިމް
2 އޯގަސްޓު 2025 - 11:16
ސެސްކޯ ގެނައުމަށް ނިއުކާސްލް ޔުނައިޓެޑުން 80 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

އާރްބީ ލައިޕްޒިގްގެ ސްޓްރައިކަރު ބެންޖަމިން ސެސްކޯ ގެނައުމަށް ނިއުކާސްލް ޔުނައިޓެޑުން 80 މިލިއަން ޔޫރޯގެ (69 މިލިއަން ޕައުންޑް) ރަސްމީ އޮފަރެއް ހުށަހަޅައިފިކަމަށް ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފިއެވެ.

މި ހޫށަހެޅުމާއެކު ސެސްކޯ ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި މެންޗެސްޓަރ ޔުނައިޓެޑަށްވުރެ ނިއުކާސަލް އަށް މި ޑީލް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. ނިއުކާސަސްގެ ބިޑުގައި ހިމެނެނީ 75 މިލިއަން ޔޫރޯގެ އިތުރުން 5 މިލިއަން ޔޫރޯގެ އެޑް-އޮންސްއެވެ. މިއީ ތިން އަހަރު ކުރިން އެލެކްސަންޑަރ އިސާކް ގެނައުމަށް ހޭދަކުރި 70 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެކެވެ. ނިއުކާސަލް އިން މިހާރު ހުށަހަޅާފައިވާ އަދަކީ ލައިޕްޒިގުން މިކުޅުންތެރިޔާ ވިއްކާލަން ބުނާ އަދަދަށްވުރެ ބޮޑު އަދަދެއްކަމަށްވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތާއި، އެޑީ ހައުގެ ދަށުން ޓީމުގެ އިސް ސަފުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު އޮތުމާއެކު، ސެސްކޯ ވެސް ނިއުކާސްލްއަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެއެވެ.

Sesko ge soi hoadhumah Newcastle aa Manchester United gadha hifumakah | Mendhuru TvTikTokYouTubeInstagramXFacebook

Sesko ge soi hoadhumah Newcastle aa Manchester United gadha hifumakah | Mendhuru TvTikTokYouTubeInstagramXFacebook

 

ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑުން އަދިވެސް ސެސްކޯ ގެނައުމުގެ އުންމީދު ދޫކޮށްލާފައެއް ނުވެއެވެ. އެ ކްލަބުން ވެސް ކުޅުންތެރިޔާގެ އެޖެންޓުންނާ މަޝްވަރާތައް ކުރިއަށް ގެންދެއެވެ. ލައިޕްޒިގްއިން ބޭނުންވަނީ ސެސްކޯގެ މައްސަލަ އަވަހަށް ނިންމުމަށެވެ. އަދި އެ ކްލަބުން ސެސްކޯގެ ބަދަލުގައި ޔުނައިޓެޑުގެ ރަސްމުސް ހޮއިލަންޑް ގެނައުމަށް ޝައުގުވެރިވާއިރު، ޔުނައިޓެޑާއެކު ކުޅުންތެރިންނާއި ފައިސާ ހިމެނޭ ޑީލްއަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް ހޮއިލަންޑް ބޭނުންވަނީ އޯލްޑް ޓްރެފަޑްގައި ދެމިހުރުމަށް ކަމަށްވުމާއެކު، ސެސްކޯ ގެނައުމަށް ޔުނައިޓެޑުން ވެސް ނިއުކާސްލްގެ އޮފަރާ އެއްވަރުގެ އޮފަރެއް ހުށަހަޅަން ޖެހޭނެ ކަމަށް ބެލެވެއެވެ.

ނިއުކާސަލްގެ މިހުށަހެޅުމާއެކު ޔުނައިޓެޑުންވެސް މިއާއެއްވަރުގެ ހުށަހެޅުމެއް ދާދަި އަވަހަށް ހުށަހަޅާނެކަމަށް ބެލެވޭއިރު، މިޑީލް ކާމިޔާބުވުން ބޮޑަށް ބިނާވާނީ ސެސްކޯގެ ނިންމުމުގެ މައްޗަށްކަމަށް ޤަބޫލުކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން