ލިވަޕޫލުގެ މިސީޒަނުގ އެންމެ މޮޅުކުޅުންތެރިޔާ ސަބޮޒްލައިގެ ޑްރީމް ޓީމަކީ ރެއާލް - ޤައުމީ ޓީމުގެ ކޯޗު
17 ފެބްރުއަރީ 2026 - 04:16

ލިވަޕޫލްގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއީގެ އެންމެ ބޮޑު ހުވަފެނަކީ ރިއަލް މެޑްރިޑަށް ކުޅުން ކަމަށް ހަންގޭރީ ގައުމީ ޓީމުގެ ކޯޗު މާކޯ ރޮސީ ހާމަކުރުމާ ގުޅިގެން، ލިވަޕޫލްގެ ސަޕޯޓަރުންނާއި ކޯޗު އާނޭ ސޮލޮޓަށް ސިހުމެއް ލިބިއްޖެއެވެ. މި ސީޒަނުގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮބޮސްލާއީއާ ބެހޭގޮތުން އޭނާގެ ޤައުމުގެ ނޭޝަނަލް ޓީމުގެ ކޯޗު ރޮސީ މި ވާހަކަ ދެއްކީ މަޝްހޫރު ކުޅިވަރު ނޫސް 'މާކާ' އަށް ދިން އިންޓަވިއުއެއްގައެވެ.
ކޯޗު ރޮސީ ބުނި ގޮތުގައި ސޮބޮސްލާއީ ކުޑައިރުން ފެށިގެން އޭނާއާ އޮންނަ ގާތް ގުޅުމުގެ ތެރެއިން، ރިއަލް މެޑްރިޑަށް ކުޅުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަން އެނގިފައިވާ ކަމަށެވެ. "ސޮބޮސްލާއީގެ އަބަދުވެސް އޮތީ އެންމެ ހުވަފެނެއް: އެއީ ރިއަލް މެޑްރިޑަށް ކުޅުން. އޭނާ ކުޑަކުއްޖެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ފެށީއްސުރެ އަހަރެންނާ އޮތް ގާތް ގުޅުމުގެ ސަބަބުން އެނގޭ ރިއަލް މެޑްރިޑަކީ އޭނާގެ ހުވަފެންކަން،" ރޮސީ ބުންޏެވެ.

Ad by Hajj Corporation
މި ސީޒަނަކީ ސޮބޮސްލާއީ ލިވަޕޫލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންދާ ސީޒަނެވެ. ޓީމަށް ދިމާވި އަނިޔާގެ މައްސަލަތަކާ ގުޅިގެން ކަނާތް ފަރާތު ބެކަށްވެސް ކުޅެފައިވާ ސޮބޮސްލާއީ ވަނީ މި ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ހިތްގައިމު ހިލޭ ޖެހުމެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ 8 މެޗުން 4 ގޯލާއި 4 އެސިސްޓް އޭނާ ވަނީ ހޯދާފައެވެ.
ރޮސީ އިތުރަށް ފާހަގަކުރި ގޮތުގައި ސޮބޮސްލާއީ ރިއަލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ އޭނާ އާއި ކްލަބާ ދެމެދު ނިންމާނެ ނިންމުމެކެވެ. ލިވަޕޫލަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބަށް ވެފައި، އޭނާއަކީ އެ ކްލަބަށް މުހިންމު ކުޅުންތެރިއަކަށް ވުމުން ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ރޮސީ ގަބޫލުކުރެއެވެ.
މި ޚަބަރާއެކު ލިވަޕޫލްގެ ސަޕޯޓަރުން ކަންބޮޑުވާންޖެހޭ އަނެއް ސަބަބަކީ، ރިއަލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާ އަކީ ސޮބޮސްލާއީގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށް ވުމެވެ. މީގެ ކުރިން ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ވެސް ރިއަލް މެޑްރިޑާ ގުޅުމުގައި ޖޫޑް ބެލިންހަމްއާ އޮތް ގާތް ގުޅުން ދައުރެއް އަދާކުރިއިރު، ސޮބޮސްލާއީގެ ކުރިމަގާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.


