logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން މެޑްރިޑް ބަލިވެ ލީގުހޯދުމުގެ އްމީދު ފަނުފުލަށް

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2026 - 03:30
ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން މެޑްރިޑް ބަލިވެ ލީގުހޯދުމުގެ އްމީދު ފަނުފުލަށް

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި މަޔޯކާ އަތުން 2-1 އިން ބަލިވެ، ތަށި ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުންދާ އުންމީދުތަކަށް ބޮޑު ހުރަހެއް ކުރިމަތިވެއްޖެއެވެ. މެޗުގެ އިތުރު ވަގުތުގައި މުރީގީ ކާމިޔާބުކޮށްދިން ލަނޑާއެކު ރެއާލް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އަރާހަމަކުރުމަށް އޮތް އުއްމީދުތައް ފަނުފުލަށް ދުއްވާލާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ކީލިއަން އެމްބާޕޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، މަލޯކާއިން ވަނީ 41 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ މަފެއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މަނޫ މޮރްލާނެސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ވަނީ ވިނީޝިއަސް ޖޫނިއާ އާއި ޖޫޑް ބެލިންހަމް ކުޅެން އަރުވައި ކުޅުން ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 88 ވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ނަގައިދިން ހިލޭ ޖެހުމަކުން އެޑާ މިލިޓާއޯ ވަނީ ބޮލުން ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައި މަލޯކާގެ މުރީގީ ވަނީ ހިތްގައިމު ގޯލެއް ޖަހައި ރެއާލް ސިއްސުވާލާފައެވެ. މިއީ މި ސީޒަނުގައި މުރީގީ ލަލީގާގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. މި މޮޅާއެކު މަލޯކާގެ ކޯޗު މާޓިން ޑެމިޗެލިސް ވެފައިވަނީ މި ގަރުނުގައި އެޓީމާ ހަވާލުވެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ތިންވަނަ ކޯޗަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން މެޑްރިޑް ބަލިވެ ލީގުހޯދުމުގެ އްމީދު ފަނުފުލަށްކުޅިވަރު | 8 ގަޑިއިރު ކުރިންސިޓީ ދޫކޮށް ރެއާލް އަށް ގޮސްފާނެކަމުގެ ބިރަށްޓަކައި ރޮޑްރީއަށް ބޮޑު މުސާރައެއް ހުށަހަޅައިފިކުޅިވަރު | 2 ދުވަސް ކުރިންއިނދަޖެހިދާނެކަމުގެ ބިރުހީވެފައިވާ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޑްޜިޑްއާއި ފްލާރޓް ކުރަނީ، ކުޅުންތެރިން ރަތަށްކުޅިވަރު | 2 ދުވަސް ކުރިންރެއާލްގެ އެކަޑެމީ ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް ގަދަހިފުމަކަށް ކުޅިވަރު | 5 ދުވަސް ކުރިން