logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ރެއާލްގެ އެކަޑެމީ ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް ގަދަހިފުމަކަށް

އަބްދުﷲ ޣާނިމް
31 މާރިޗު 2026 - 17:15
ރެއާލްގެ އެކަޑެމީ ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް ގަދަހިފުމަކަށް

ރެއާލް މެޑްރިޑްގެ އެކަޑެމީ ގްރެޖުއޭޓް އަދި މިހާރު އޮސަސޫނާއަށް ކުޅެމުން އަންނަ ޒުވާން ވިންގަރ ވިކްޓަރ މުނޯޒް ހޯދުމަށްޓަކައި ބާސެލޯނާއިން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ނޫސްވެރިޔާ އަލްބަރޓް ފެނާންޑޭޒްއާ ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި، މުނޯޒް ހޯދުމަށް ބާސެލޯނާއިން އަންނަނީ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންނެވެ.

އުމުރުން 22 އަހަރުގެ މުނޯޒްއަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިއަކަށް ވާއިރު، އޭނާ އަނބުރާ ގެންދިއުމަށް ރެއާލްއިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރެއާލްއަށް އޭނާ އަނބުރާ ގަތުމުގެ ފުރުސަތު 8 މިލިއަން ޔޫރޯއަށް އޮތް ނަމަވެސް، ބާސެލޯނާއިން މި މުއާމަލާތް އަވަސްކޮށްފިނަމަ އެ ކްލަބަށް މުނޯޒް ކާމިޔާބު ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުނޯޒްގެ ރިލީޒް ކްލޯޒްއަކީ 40 މިލިއަން ޔޫރޯ ކަމަށްވީ ނަމަވެސް، ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އެ ކްލަބުން މަސައްކަތް ކުރާނީ އެ އަގު ކުޑަކުރުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރެއާލްގެ އެކަޑެމީއަށް ކުލުމުގެ ކުރިން މުނޯޒް ބާސެލޯނާގެ ލަ މާސިއާއަށްވެސް ކުޅެފައިވެއެވެ. އަދި އޭގެ ފަހުން ރެއާލް މެޑްރިޑްއަށް ބަދަލުވެ އެލް ކްލެސިކޯގައި ބާސެލޯނާއާއި ދެކޮޅަށްވެސް އޭނާ ވަނީ ކުޅެފައެވެ.
ބާސެލޯނާއިން އޮސަސޫނާއާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ، މުނޯޒް ގަތުމުގެ ފުރަތަމަ ފުރުސަތު ރެއާލްއަކަށް ނޯންނާނެއެވެ. ނަމަވެސް އޭނާ ވިއްކާލައިގެން ލިބޭ ފައިސާގެ 50 އިންސައްތަ ރެއާލްއަށް ލިބޭނެއެވެ.

މިވަގުތު ސްޕެއިންގެ ގައުމީ ޓީމުގައި ހިމެނޭ ބާސެލޯނާގެ ކުޅުންތެރިން ވެސް އަންނަނީ މުނޯޒް ކޭމްޕް ނޯއަށް ބަދަލުވުމަށް ބާރުއަޅަމުންނެވެ. މުނޯޒް ވަނީ އެންމެ ފަހުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ލަނޑު ޖަހާފައެވެ.

މި ސީޒަނުގައި އޮސަސޫނާގައި މުނޯޒް ދައްކަމުން އަންނަނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 6 ލަނޑު ޖަހައިދީ، 5 އެސިސްޓް ފޯރުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލްގެ އެކަޑެމީ ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް ގަދަހިފުމަކަށް ކުޅިވަރު | 2 ގަޑިއިރު ކުރިންސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފިކުޅިވަރު | 16 ގަޑިއިރު ކުރިންރެއާލް މެޑްރިޑްއަށް ބަދަލުވުމަށް ފުރުސަތު ލިބިއްޖެނަމަ ދޫކޮށްލުމަކީ އުނދަގޫކަމެއް - ރޮޑްރީކުޅިވަރު | 6 ދުވަސް ކުރިންރެކޯޑް ތަކާއެކު ބާސާއަށް ވަޔެކާނޯ އަތުން އުނދަގޫ މޮޅެއްކުޅިވަރު | 9 ދުވަސް ކުރިން