logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފި

އަބްދުﷲ ޣާނިމް
31 މާރިޗު 2026 - 02:55
ސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާއިރު، ސްޕެއިންގެ ގައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރުގެ މަގާމަށް ބާސެލޯނާގެ ޒުވާން ކީޕަރު ޖޮއާން ގާސިއާ އާއި އެތުލެޓިކް ބިލްބާއޯގެ އުނައި ސިމޯންއާ ދެމެދު އޮތް ވާދަވެރިކަމާ ގުޅޭގޮތުން ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ދެއްކެވި ވާހަކަތަކަށް ބާސެލޯނާގެ ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

މި ސީޒަނުގެ ލަލީގާގައި ބާސާގެ ކީޕަރު ޖޮއާން ގާސިއާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް 12 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. މިއީ މި ސީޒަނުގައި ލަލީގާގެ އެހެން އެއްވެސް ކީޕަރަކަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް، ކޯޗު ޑި ލަ ފުއެންޓޭގެ ނިންމުންތައް ހުރީ އަދިވެސް އުނައި ސިމޯންއަށް އިސްކަންދޭ ގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުނައި ސިމޯންގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޯޗު ވިދާޅުވީ، "އުނައި ސިމޯން ފަދަ މޮޅު ކީޕަރަކާ މެދު މީހުން ޝައްކުކޮށްގެން ނުވާނެ. އޭނާގެ ފެންވަރާއި، ހުނަރާއި، ކެރިއަރާއި އަދި ޕްރޮފެޝަނަލިޒަމަށް އަހަރެން ފުރިހަމައަށް އިތުބާރު ކުރަން،" މިފަދައިންނެވެ. މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ގަބޫލުކުރަނީ ގާސިއާގެ ކުޅުން މާ ރަނގަޅު ނަމަވެސް ކޯޗު ބޭނުންވަނީ ސިމޯން ބޭނުންކުރަން ކަމަށެވެ.

މިކަމާ ގުޅިގެން އެކްސް (ޓްވިޓާ) ގައި ބާސެލޯނާގެ ސަޕޯޓަރުން ވަނީ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެއް ސަޕޯޓަރަކު ބުނެފައިވަނީ "މިއީ ވަކި ފަރާތަކަށް ޖެހިފައިވާ ކޯޗެއް" ކަމަށާއި، ސިމޯން އާއި ކުކުރެއްލާ ފަދަ ކުޅުންތެރިން ބެންޗު ކުރާނެ މީހަކު ނެތް ކަމަށެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ މިއީ "ޖޯކެއް" ކަމަށް ސިފަކޮށް، ދުނިޔޭގެ އެންމެ މޮޅު ކީޕަރު ބެންޗުގައި ބައިންދައިގެން ވޯލްޑް ކަޕަށް ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށް ބުނެފައެވެ.

ސަޕޯޓަރުންގެ މައިގަނޑު ޝަކުވާއަކީ މިވަގުތު އުނައި ސިމޯންއަށްވުރެ މާ މޮޅަށް ޖޮއާން ގާސިއާ ކުޅެމުންދާއިރު، ކޯޗު އޭނާއަށް ފުރުސަތު ނުދޭން އުޅޭތީއެވެ. މިއީ ގާސިއާއާ މެދު ވެވޭ ބޮޑު ބޭއިންސާފެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފިކުޅިވަރު | 2 ގަޑިއިރު ކުރިންސާބިއާ ފަސޭހަކަމާއެކު ބަލިކޮށް ސްޕެއިނުން ވޯލްޑްކަޕްގައި ބައިވެރިވާ އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއެްކުޅިވަރު | 3 ދުވަސް ކުރިންރެކޯޑް ތަކާއެކު ބާސާއަށް ވަޔެކާނޯ އަތުން އުނދަގޫ މޮޅެއްކުޅިވަރު | 8 ދުވަސް ކުރިންޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމާއެކު ނިއުކާސަލް ހަމަބިމަށް ތިރިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށްކުޅިވަރު | 12 ދުވަސް ކުރިން