logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސާކްގެ ސޮއި ހޯދަން ލިވްޕޫލުން ހުށަހެޅި ބިޑު ބޭރުކޮށްލައިފި

އަބްދުﷲ ޣާނިމް
2 އޯގަސްޓު 2025 - 07:11
އިސާކްގެ ސޮއި ހޯދަން ލިވްޕޫލުން ހުށަހެޅި ބިޑު ބޭރުކޮށްލައިފި

ނިއުކާސްލް ޔުނައިޓެޑްގެ ސްޓްރައިކަރު އަލެކްސަންޑަރ އިސާކް ގަތުމަށް ލިވަޕޫލުން ހުށަހެޅި 110 މިލިއަން ޕައުންޑުގެ އޮފަރ ނިއުކާސްލްއިން ބޭރުކޮށްލައިފިއެވެ. މި އޮފަރ ބޭރުކޮށްލުމާ ގުޅިގެން ލިވަޕޫލުން މިވަގުތަށް އިތުރު ހުށެހެޅުމަކަށް ނުދާނެކަމަށް ރިޕޯޓްތައް ލިބެއެވެ.

ސްކައި ސްޕޯޓްސްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ލިވަޕޫލުން ހުށަހެޅި އޮފަރުގައި އިތުރު އެޑް-އޮންސް ހިމެނުނު ނަމަވެސް، ޖުމްލަ އަގު 120 މިލިއަން ޕައުންޑަށް ނުފޯރައެވެ. ނިއުކާސްލްއިން ސްވީޑިޝް ސްޓްރައިކަރަށް ކަނޑައަޅާފައިވާ އަގަކީ 150 މިލިއަން ޕައުންޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުކާސްލް މި ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި ވީނަމަވެސް، އޭޝިއާގެ ޕްރީ ސީޒަން ދަތުރުގައި އިސާކް ބައިވެރިނުވި ކަމަށް ކްލަބުން ބުނެފައިވަނީ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އިސާކް ސްކޮޑުން ބޭރުވެފައިވަނީ ކަށިގަނޑަށް އަނިޔާއެއް ވެފައިވާތީ ކަމަށް ކުލަބުން ބުނެފައިވީ ނަމަވެސް، އޭނާ އަމިއްލައަށް ވަނީ ކުލަބް ދޫކޮށްލުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އިސާކްގެ މިހާރުގެ އެއްބަސްވުން ނިއުކާސަލްއާއެކު ހަމަވާން އަދި ތިން އަހަރު އެބައޮތެވެ. އެހެންކަމުން ނިއުކާސަލްއިން އިސާކް ދޫކޮށްލަން ބޭނުންނުވާނަމަ، ކުޅުންތެރިޔާއަށް ކުލަބު ދޫކޮށްލުމަކީ އުނދަގޫކަމެކެވެ.

Pre season gai baiverinuve Isaac newcastle dhookohlan beynuvaakan club ah angaifi | Mendhuru TvTikTokYouTubeInstagramXFacebook

Pre season gai baiverinuve Isaac newcastle dhookohlan beynuvaakan club ah angaifi | Mendhuru TvTikTokYouTubeInstagramXFacebook

 

ލިވަޕޫލުން މިހާރު ބުނަމުންދަނީ އިސާކް ގަތުމުގެ މުޢާމަލާތް މި މޫސުމުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ގިނަބަޔަކު ބުނަނީ މިއީ ލިވަޕޫލުން އަގު ކުޑަކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއާއެކު ނިއުކާސަލް އަށްވެސް އިސާކްގެ މައްސަލައިގައި ހައްލެއް ހޯދުމަށް މިވަނީ މަޖުބޫރުވެފައެވެ. ސީޒަން ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިނުވެ، ވަކިން ޕްރެކްޓިސް ކުރަންފެށުމާއެކު މިމައްސަލައިގައި އަވަސް ނިންމުމެއް ނިންމަން ނިއުކާލަސް އަށް މަޖުބޫރުވާނެއެވެ.

25 އަހަރުގެ އިސާކް ނިއުކާސްލްއާ ގުޅުނީ 2022 ވަނަ އަހަރު ރިއަލް ސޮސިއެޑާޑުން 60 މިލިއަން ޕައުންޑަށެވެ. މިހާރު އޭނާ ވަނީ ކުރީގެ ކްލަބު ކަމަށްވާ ރިއަލް ސޮސިއެޑާޑުގައި އެކަނި ތަމްރީނު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިއަރ ލީގު ޗެންޕިއަން ޓީމަށް ހިތިގޮތަކަށް ހިތިފަތު ފެން ބޯންދީފިކުޅިވަރު | 16 ދުވަސް ކުރިންފަހުވަގުތު ގޯލުޖަހަމުން މޮޅުވަމުން އައި ލިވަޕޫލް ފަހުވަގުތު ސައިޒަށް ކަނޑާލައިފިކުޅިވަރު | 20 ދުވަސް ކުރިންވެންޑައިކްގެ ގޯލާއެކު ފަހުވަގުތު ލިވަޕޫލް އެތްލެޓިކޯގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | މަހެއް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިން