logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕްރީ ސީޒަންގައި ބައިވެރިނުވެ އިސާކް ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގައިފި

އަބްދުﷲ ޣާނިމް
24 ޖުލައި 2025 - 13:43
ޕްރީ ސީޒަންގައި ބައިވެރިނުވެ އިސާކް ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގައިފި

ނިއުކާސަލް ޔުނައިޓެޑްގެ ސްވިޑަނުގެ ސްޓްރައިކަރު އަލެކްސަންޑަރ އިސާކް މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ކުލަބް ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގައިފިއެވެ. އޭނާ މިހާރު ވަނީ އޭޝިއާގައި ކުރިއަށްދާ ޕްރީ ސީޒަން ޓުއާގައި ބައިވެރިނުވެ ކުލަބުގެ ސްކޮޑުން ބޭރުވެފައެވެ.

އިސާކް ސްކޮޑުން ބޭރުވެފައިވަނީ ކަށިގަނޑަށް ކުޑަ އަނިޔާއެއް ވެފައިވާތީ ކަމަށް ކުލަބުން ބުނެފައިވީ ނަމަވެސް، އޭނާ އަމިއްލައަށް ވަނީ ކުލަބް ދޫކޮށްލުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އިސާކްގެ މިހާރުގެ އެއްބަސްވުން ނިއުކާސަލްއާއެކު ހަމަވާން އަދި ތިން އަހަރު އެބައޮތެވެ. އެހެންކަމުން ނިއުކާސަލްއިން އިސާކް ދޫކޮށްލަން ބޭނުންނުވާނަމަ، ކުޅުންތެރިޔާއަށް ކުލަބު ދޫކޮށްލުމަކީ އުނދަގޫކަމެކެވެ. މީގެއިތުރުން އިސާކް ކުލަބް ދޫކޮށްލަން ބޭނުންވިޔަސް، ނިއުކާސަލް އިން އިސާކް ދޫކުރުމުގެ ވިސްނުމެއް ނެތްކަމުގައި ދަ ޓެލެގްރާފް އިން ވަނީ ރިޕޯރޓްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުކާސަލްގެ އިސްވެރިންގެ ފަރާތުން އިސާކްއާއެކު އެއްބަސްވުން އިތުރުކުރުމަށް މަޝްވަރާކުރަން ބޭނުންވި ނަމަވެސް، މި ވަގުތު އޭނާ އެކަމަށް ތައްޔާރުނޫން ކަމަށް މަޢުލޫމާތު ލިބެއެވެ. 25 އަހަރުގެ މި ކުޅުންތެރިޔާއަށް މީގެކުރިން ލިވަޕޫލްގެ ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ނިއުކާސަލް އިން މިހުށަހެޅުމަށް ނޫނެކޭބުނުމާއެކު، ލިވަރޕޫލުން ވަނީ ފްރޭންކްފަޓްގެ އެކިޓިކެ ގެ ސޮއި ހޯދާފައެވެ.

އިސާކް ވިއްކާލުމަށް ނިއުކާސަލްއިން އަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދާ ގުޅޭގޮތުން އެކި ގޮތްގޮތަށް މަޢުލޫމާތު ފެތުރެމުންދާއިރު، އޭނާ ވިއްކާލައިފިނަމަ އެއީ ޕްރިމިއަރ ލީގު ތާރީޚުގައި އެންމެ ބޮޑު އަގެއްގައި ހިނގާ ޓްރާންސްފަރ ކަމުގައި ވެގެންދާނެއެވެ. މިކުޅުންތެރިޠާގެ ސޮއި ހޯދުމަށް ކުލަބްތަކުން 150 މިލިޔަން ޔޫރޯ ހުށަހަޅަންޖެހޭނެކަމަށް ބެލެވެއެވެ.

އިސާކް ނިއުކާސަލްއާ ގުޅުނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ރެކޯޑު އަގެއްގައެވެ. އޭގެ ފަހުން އޭނާ ވަނީ ކުލަބަށް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކުވައިދީފައެވެ. އިސާްވަނީ ނިއުކާސަލްއަށް 109 މެޗުން 62 ގޯލު ޖަހައިދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން