logo
MPL

MPL

ކުޅިވަރު

ގަލަޓަސަރާއީ އަތުން ބަލިވެ ލިވަޕޫލްގެ ސީޒަން ހުސްއަތާ ނިންމާލުމުގެ ބިރުބޮޑުވެއްޖެ

އަބްދުﷲ ޣާނިމް
11 މާރިޗު 2026 - 04:30
ގަލަޓަސަރާއީ އަތުން ބަލިވެ ލިވަޕޫލްގެ ސީޒަން ހުސްއަތާ ނިންމާލުމުގެ ބިރުބޮޑުވެއްޖެ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ މެޗުގައި މާރިއޯ ލެމީނާ ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 އިން ލިވަޕޫލް ބަލިކޮށް ގަލަތަސަރާއީ އިން ކުރި ހޯދައިފިއެވެ.

ރާމްސް ޕާކުގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ކޯނަރަކުން އައި ބޯޅައެއް ބޮލުން ފޮނުވާލައިގެން ލެމީނާ މި ލަނޑު ކާމިޔާބުކުރިއިރު، މިއީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ބާރުގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މުޅި މެޗުގައި ދެ ޓީމުން ޖުމްލަ 30 ހަމަލާ އުފެއްދިއިރު، ދެ ލަނޑެއް ވަނީ އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ކުރީކޮޅު ލިވަޕޫލްގެ ފްލޯރިއަން ވާޓްޒްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މީގެ އިތުރުން މުހައްމަދު ސަލާހާއި އެކްސް މެކް އެލިސްޓާ ގުޅިގެން އުފެއްދި ހަމަލާއެއްގައިވެސް ވާޓްޒްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ގަލަތަސަރާއީގެ ކީޕަރު އުގެރްކާން ޗަކީރު ވަނީ ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި އާއި މެކް އެލިސްޓާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ގަލަތަސަރާއީގެ ވިކްޓަ އޮސީމެން ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތްއިރު، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން އެ ޓީމުން ޖެހި ލަނޑެއްވެސް ރެފްރީ ވަނީ ބޭރުކޮށްލާފައެވެ. މި މެޗުގައި ގަލަތަސަރާއީގެ މިޑްފީލްޑަރު އެންޖެލް ގަބްރިއަލް ސާރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ވަނީ ލަނޑު ޖަހާނެ ހަތަރު ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހަށް މި މެޗަކީ އޭނާ އެ ކްލަބަށް ކުޅެދިން 81 ވަނަ ޗެމްޕިއަންސް ލީގު މެޗެވެ. ނަމަވެސް މި މެޗުގައި އޭނާއަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މި ނަތީޖާއާއެކު ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ލިވަޕޫލަށް މިހާރު ވަނީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގު ކާމިޔާބުކުރުން މަޖުބޫރުވެފައެވެ.
މިދިޔަ ސީޒަނުގެ ލީގު ޗެންޕިއަން ލިވަޕޫލްއަށް ޔޫރަޕުގެ ޖާގައެއް ގެއްލިދާނެކަމުގެ ބިރު ހީވެފައިވާއިރު، މިސީޒަނުގައި ބާކީއޮތީ އެފްއޭކަޕް އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ފާދިރީންނަށްވެސް ސަލާމަތް ނުކުރެވުނު ބާސެލޯނާގެ ކުނިކޮތަޅު ލިވަޕޫލަށްކުޅިވަރު | 15 ދުވަސް ކުރިންލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | 20 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 2 މަސް ކުރިންއަންޑޯނީ އިރައޯލާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރަނީކުޅިވަރު | 3 މަސް ކުރިން