logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާއަށްވުރެ ގިނަ ޗެންޕިއަންސްލީގު ކާމިޔާބުކޮށްފައިވާ މޮޑްރިޗްއަށް އެކުލަބުން އިހުތިރާމް ކުޑަކޮށްފި

އަބްދުﷲ ޣާނިމް
1 އޯގަސްޓު 2025 - 04:59
ލޫކާ މޮޑްރިޗް 6 ޗެންޕިއަންސް ލީގާއެކު
ލޫކާ މޮޑްރިޗް 6 ޗެންޕިއަންސް ލީގާއެކު

ރިއަލް މެޑްރިޑްގެ ލެޖެންޑަރީ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއަށް ބާސެލޯނާގެ ރަސްމީ ޗެނަލުން އިހުތިރާމް ކުޑަކޮށްފައިވާތީ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ. މިކަން ދިމާވެފައިވަނީ ބާސެލޯނާއިން އެފްސީ ސިއޯލްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ލައިވް ކޮމެންޓްރީގައި މޮޑްރިޗްއާ ދެކޮޅަށް ފާޑުކިޔުމުގެ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ސްޕެނިޝް ނޫސްވެރިއެއް ކަމަށްވާ އަލްބަޓް އޯޓެގާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ބާސެލޯނާގެ ރަސްމީ ޗެނަލުގެ ކޮމެންޓޭޓަރު ބުނެފައިވަނީ މޮޑްރިޗްއަށް އެއްވެސް އިހުތިރާމެއް ނުކުރާނެ ކަމަށެވެ. އަދި މޮޑްރިޗްގެ އެންމެ ފަހުގެ ބޮޑު ހިދުމަތަކީ ކޯޕާ ޑެލް ރޭގެ ފައިނަލްގައި ކުންޑޭއަށް ދިން ބޯޅައެއް ކަމަށް ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮމެންޓްރީގައި އިޝާރާތްކޮށްފައިވަނީ މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު ކުޅުނު ކޯޕާ ޑެލް ރޭގެ ފައިނަލްގައި މޮޑްރިޗްގެ ކިބައިން ދިމާވި ކުށަކަށެވެ. އެ ކުށުގެ ސަބަބުން ޖުލްސް ކުންޑޭއަށް ލިބުނު ބޯޅައިން ބާސެލޯނާއަށް އެކްސްޓްރާ ޓައިމްގައި 3-2 އިން މެޗު ކާމިޔާބުކުރެވުނެވެ.

މި މައްސަލައިގައި ރިއަލް މެޑްރިޑްގެ ގިނަ ސަޕޯޓަރުން ވަނީ ބާސެލޯނާއަށް ފާޑުކިޔާފައެވެ. އެގޮތުން ގިނަބަކަު ބުނަނީ ބާސެލޯނާގެ ތާރީޚުގެ 126 އަހަރު ތެރޭގައި 5 ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، މޮޑްރިޗްގެ ކެރިއަރުގައި އެކަނިވެސް 6 ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާކަމަށެވެ. އެހެންކަމުން އެވަރުގެ ލެޖެންޑަރީ ކުޅުންތެރިޔަކަށް އިހުތިރާމް ކުޑަކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމުގައި ސިފަކޮށްފައިވެއެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ ބާސެލޯނާގެ ތާރީހުގެ އެންމެ މޮޅު މިޑްފީލްޑަރ އިނިއެސްޓާ އަށް ރެއާލް މެޑްރިޑުން ދިން ފެއާވެލް ހަނދާން އާކޮށްފައެވެ. އިނިއެސްޓާއަށް ރެއާލް މެޑްރިޑުން ވަނީ އެލް ކްލެސިކޯގައި ޓްރިބިއުޓެއް ދީ ކުލަބްގެ އޮފިޝިއަލް ވެބްސައިޓްގައި އެކަން ފާހަގަކޮށްފައެވެ.

Screenshot 2025-08-01 100932.png

ރެއާލް މެޑްރިޑުން ދިން ޓްރިބިއުޓްގެ ތެރެއިން

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ބާސެލޯނާއިން މާފަށް އެދުމަށް ގޮވާލާފައެވެ. އަދި މޮޑްރިޗްއަކީ ބާސެލޯނާއަށް އެއްވެސް އިރެއްގައި އިހުތިރާމް ކުޑަކޮށްފައިވާ ކުޅުންތެރިއެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.

ބައެއް ފަރާތްތަކުން ބާސެލޯނާއަށް "ކޮރަޕްޓް" ކްލަބެއްގެ ގޮތުގައި ލަގަބުދީ، އެ ކްލަބުގެ ކުރީގެ ކްލާސް ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައަކީ ހަމައެކަނި ކުޅިވަރުގެ އިމުގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށާއި، ސްޕެއިންގެ ދެ ބޮޑު ކްލަބުގެ ދެމެދުގައި އޮންނަ ވާދަވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯޅައިގެ ބަދަލުގައި ވިނީ އާއި ކުޅެން ހަދައިގެން ގެޓާފޭއަށް ކުޅިސަމާ ދައްކާލައިފިކުޅިވަރު | 10 ގަޑިއިރު ކުރިންމެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީކުޅިވަރު | 19 ގަޑިއިރު ކުރިންޑިފެންޑަރ ފޯވާޑަކަށްލައިގެން ބާސާ މެޗު ކާމިޔާބުކުރިއިރު، ކޯޗަށް އެލް ކްލެސިކޯ ގެއްލިއްޖެކުޅިވަރު | ދުވަހެއް ކުރިންތެލުގެ ވިޔަފާރިތަކާއި ސްޓޭޓް ތަކުން ހިންގާކުލަބުތަކާއި ވާދަކުރަން ދުނިޔޭގެ އެންމެ މުއްސަދި ކުލަބު ދެބައިކޮށްލަނީކުޅިވަރު | 2 ދުވަސް ކުރިން