logo
ޚަބަރު

ގެސްޓުންނަށް ކާންދިނުމުގައި ޤަވާޢިދާ އެއް ގޮތަށް ޢަމަލުކުރެއްވުމަށް ވަޒީރު އިލްތިމާސްކުރައްވައިފި

އާމިނަތު ޝަފާ
3 މާރިޗު 2025 - 06:31
ގެސްޓުންނަށް ކާންދިނުމުގައި ޤަވާޢިދާ އެއް ގޮތަށް ޢަމަލުކުރެއްވުމަށް ވަޒީރު އިލްތިމާސްކުރައްވައިފި

ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދިނުމުގައި ހެދިފައިވާ އާންމު ޤަވާއިދުތަކާ އެއް ގޮތަށް ޢަމަލުކުރެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މި ގޮތަށް އިލްތިމާސްކުރެއްވީ އިއްޔެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު ވަނީ ލޯކަލް ޓުއަރިޒަމާއި، ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި، ރަމަޟާން މަހު ޓޫރިސްޓުންނަށް ކާންދެއްވުމުގައި ސަރުކާރުން އެކަށައަޅައިފައިވާ އުޞޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް، އެ ރަށެއްގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަށު ފަތުރުވެރިކަން މުޅި ރާއްޖެއަށް އާންމުވެފައިވާ އިރު، ސަރުކާރުން އެކުލަވައިލައިފައިވާ އުޞޫލުތަކާ އެއް ގޮތަށް ގެސްޓުންނަށް ފޯރުކޮށްދެއްވަމުން އަންނަ ޚިދުމަތްތައް ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ރޯދަ މަހު، މި ފަދަ ސަކުވާތައް މަދުން ނަމަވެސް ފެންމަތިވުމަކީ އެ ރަށްރަށުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާ ބަދަލުކުރެވޭނީ، ކަންތައްތައް ކުރާ ގޮތަށް ބަދަލު ގެނެވިގެން : ވަޒީރު އާދަމް ޝަރީފް ޚަބަރު | 2 މަސް ކުރިންމ. އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓިއެމް ގާއިމްކޮށްފިޚަބަރު | 3 މަސް ކުރިންކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުމަށް 'ރަށްވެހީންގެ ސައްލާ' ފޯރަމް ބާއްވައިފިޚަބަރު | 5 މަސް ކުރިން