logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިވަރުންގެ ޢިޙްޔާ: ފުރަތަމަ ފޯރަމް މިރޭ، ހުށައަޅައިދޭނީ އަރަބިއްޔާ ސުކޫލް

ދަރިވަރުންގެ ޢިޙްޔާ: ފުރަތަމަ ފޯރަމް މިރޭ، ހުށައަޅައިދޭނީ  އަރަބިއްޔާ ސުކޫލް

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދަރިވަރުންގެ އިޙްޔާގެ ފުރަތަމަ ފޯރަމް މިރޭ ފަށަން ނިންމައިފި އެވެ.

މިރޭގެ ފޯރަމް ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ޢަލްމަދުރަސަތުކް ޢަރަބުއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަރިވަރުންގެ އިޙްޔާ ފޯރަމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މާލެ ސަރަޙައްދުގެ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނާއެކު، އެދަރިވަރުން ހުށަހަޅައިދޭ ގޮތަށް ބާއްވާ އިޙްޔާ ފޯރަމެކެވެ. މިޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުން މައުޟޫޢުތަކަށް ތައްޔާރުވެ، ހުށަހަޅާ ޕްރޮގުރާމެއްގެ ގޮތުގައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. މި ފޯރަމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި 6 ސްކޫލަކުން ހުށައަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (މާލެ)، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (ހުޅުމާލެ) ގެ އިތުރުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގަ ފުރަތަމަ ފަހަރަށް ޚާއްޞަ ކްލިނިކެއް ޚަބަރު | 7 މަސް ކުރިންއުސޫލާއި ޚިލާފުވުމުން އަސްކޮއި ގުރޫޕު ޖުރިމަނާކޮށްފިޚަބަރު | 7 މަސް ކުރިން2024 ވަނަ އަހަރު ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފިޚަބަރު | 7 މަސް ކުރިންއިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | 9 މަސް ކުރިން