އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވެއްޖެ

ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމް --

05 މާރިޗު 2025 - 07:26
އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ގދ. ގައްދޫގައި ރޭ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމް އާއި ގުޅިގެން ގައްދޫ ރައްޔިތުންނަށާއި ކައުންސިލަށް ޝުކުރު އަދާކުރައްވާ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރުގެ ޕޯސްޓުގައި ވަނީ އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ގައްދޫ ކައުންސިލުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރޭ ގައްދޫގައި ކުރިއަށް ދިޔައީ މި ސިލްސިލާގެ ފުރަތަމަ ފޯރަމްއެވެ. ރޭގެ ފޯރަމްއަށް ގައްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިރޭގެ ފޯރަމްގައި ތަޤުރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުالله ސަޢުދާންއެވެ.
އިތުރު ލިޔުންތައް

ދަރިވަރުންގެ ޢިޙްޔާ: ފުރަތަމަ ފޯރަމް މިރޭ، ހުށައަޅައިދޭނީ އަރަބިއްޔާ ސުކޫލް
3 މަސް ކުރިން
ހެޔޮގޮތުގައި މުދަލުން ހޭދަކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ގޮވާލައްވައިފި
3 މަސް ކުރިން
2024 ވަނަ އަހަރު ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި
14 ދުވަސް ކުރިން