logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގަ ފުރަތަމަ ފަހަރަށް ޚާއްޞަ ކްލިނިކެއް

ރާއްޖޭގެ  ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގަ ފުރަތަމަ ފަހަރަށް ޚާއްޞަ ކްލިނިކެއް

ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިން ހާއްސަ ހުއްދައިގެ ދަށުން ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގަ ފުރަތަމަ ފަހަރަށް ޚާއްޞަ ކްލިނިކެއް ގާއިމުކޮށްފިއެވެ.

މިކަން ހާމަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދެއްވާފަވާ ކަމަށެވެ. ދިވެހި ޙާޖީންނަަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ހުންނާނީ ޤާއިމުކޮށްފައިވާއިރު މިއީ މިގޮތައް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން ވަޑައިގަންނަވާ ވަފުދުތައް މިއަދު އަންނަން ފަށާނެ ކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

ސައޫދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާ އިމިގެންރޭޝަން އިން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާއިރު ވަފުދުގެ އިސްކޮށް ވަޑައިގަންވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާއެވެ.

ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހުއެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކޮށް ދެއްވާނީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުނެވެ.

މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެއެވެ. އަދި މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ ފަށަނީޚަބަރު | 7 ގަޑިއިރު ކުރިންމަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންފަގީރުންނަށް ޚާއްޞަ "ޒަކާތު ބެނެފިޝަރީ ކާޑު" ދޫކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 4 ދުވަސް ކުރިންއިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު" މާދަން ފަށަނީޚަބަރު | 6 ދުވަސް ކުރިން