logo
Bank of Maldives

Bank of Maldives

ޚަބަރު

ފަގީރުންނަށް ޚާއްޞަ "ޒަކާތު ބެނެފިޝަރީ ކާޑު" ދޫކުރުމުގެ މަސައްކަތް ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޑިސެމްބަރު 2025 - 18:46
ފަގީރުންނަށް ޚާއްޞަ "ޒަކާތު ބެނެފިޝަރީ ކާޑު"  ދޫކުރުމުގެ މަސައްކަތް ކުރިއަށް

އަންނަ އަހަރު ފަގީރުންނަށް ޚާއްސަކޮށް "ޒަކާތު ބެނެފިޝަރީ ކާޑު" ތައާރަފުކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ކާޑަކީ ފަގީރުންނަށް ޒަކާތުގެ އެހީ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ފަސޭހަކޮށް، އެކި އިދާރާތަކަށް ދާންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ތައާރަފުކުރާނެ ޑިޖިޓަލް ވަސީލަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވެފައި ވަނީ މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޒަކާތު ހައުސް ގުޅިގެންނެވެ. މި ކާޑު ލިބޭނީ ހަމައެކަނި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިއީ ޒަކާތުގެ ފައިސާ ހައްގުވާ ފަރާތްތަކަށް އެހީ ދިނުމުގެ ކަންކަން ހަރުދަނާކޮށް، އެހީގެ ފައިސާގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭނެ މަގު ފަހިކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ޒަކާތު ބެނެފިޝަރީ ކާޑުގެ ޒަރިއްޔާއިން ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ އެހީގެ ފައިސާ ކޮންމެ އަހަރަކުވެސް ފަސޭހަކަމާއެކު ޕޭ ކުރެވޭނެއެވެ. މި ކާޑު ބޭނުންކޮށްގެން، ކާޑު ބޭނުންކުރެވޭ ފިހާރަތަކުން ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތައް ކާޑުގައިވާ ފައިސާގެ އަދަދުން ލިބޭނެއެވެ. މިސާލަކަށް، ކާޑު ބޭނުންކުރެވޭ ފިހާރައަކުން ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު މި ކާޑުން ލިބިގެންދާނެއެވެ.

މި ކާޑު ތައާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަގީރުން އެކި އިދާރާތަކަށް ދާންޖެހޭ މިންވަރު ކުޑަކޮށް، އެހީ ދިނުމުގެ ކަންކަން ޒަމާނީކޮށް ފަސޭހަކޮށްދިނުމެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ، އަންނަ އަހަރުގެ ތެރޭގައި ފަގީރުންގެ ދަފުތަރުގައިވާ ހުރިހާ ފަރާތްތަކަށް މި ކާޑުގެ ލާބަ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!ޚަބަރު | ދުވަހެއް ކުރިންމި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭޚަބަރު | 3 ދުވަސް ކުރިންއިސްލާމިކް ސްޓޫޑިއޯ’އިން ރަމަޟާން މަހު ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފިޚަބަރު | 5 ދުވަސް ކުރިންއިހަވަންދޫގައި ތަރައްގީކުރި 200 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިން