logo
މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ ކުންފުންޏަކާ އެކު އެއްބަސްވުމެއް

އައިޝަތު އިނާޝާ
1 އޭޕްރީލު 2026 - 05:33
ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ ކުންފުންޏަކާ އެކު އެއްބަސްވުމެއް

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިސްލާމކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަދީނާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަޤުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށެވެ. އަދި ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތެވެ.

މިނިސްޓަރު ވިދާޅުވީ، މިސްކިތް ޑިޒައިން ކުރަމުންދަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަމަށާއި، މި މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުންކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’ސަލާމަތް ހިތަކާއިގެން ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ގިޔާމަތް ދުވަހު ރައްކާތެރިކަމެއްނެތް:’’ޚަބަރު | 4 ދުވަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 5 ދުވަސް ކުރިން38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ ނަންޚަބަރު | 12 ދުވަސް ކުރިންދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފިޚަބަރު | 14 ދުވަސް ކުރިން