logo
MPL

MPL

ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފި

އެމްޕީ ނާޒިމް، ފޮޓޯ: މަޖިލިސް
އެމްޕީ ނާޒިމް، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިސްތިއުފާދެއްވައިފިއެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށްނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީގެ ފަރާތުން ނާޒިމް އަށް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުކޮށްފައެވެ. އަދި ވަނީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި މަޖިލިހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ފެންނަ ކަމަށް ވެސް ފާސްކޮށްފައެވެ.

މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ. ނައިބު ރައީސް ވަކިކުރެވޭނީ މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިދިޔަ މަހު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން، މިދިޔަ މަހު 21 ގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަތްކެއް ނުކުރެއެވެ.

ނާޒިމް ވަނީ ޕީއެންސީ އިން ކުރާތުހުމަތުތައް ދޮގުކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | ދުވަހެއް ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 2 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 2 ދުވަސް ކުރިންބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފިޚަބަރު | 3 ދުވަސް ކުރިން