logo
MPL

MPL

ޚަބަރު

އަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ

އަޙުމަދު ރިޝާން
30 އޮކްޓޯބަރު 2026 - 12:52
އަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ

ރާއްޖޭގެ ސްކޫލުތަކުގައި ކޮންމެ އަހަރަކުވެސް މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް، ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. ބިލުގައިވާ ގޮތުން ދިރާސީ އަހަރު ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމަނައި، މަދުވެގެން 195 ދުވަހު ކިޔަވައިދިނުން ވާންވާނީ ގާނޫނީ ގޮތުން ލާޒިމުކަމަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މިއީ ރާއްޖޭގެ ތައުލީމީ ތާރީޚުގައި ކިޔަވައިދޭންޖެހޭ އެންމެ މަދު ދުވަހުގެ އަދަދު ގާނޫނެއްގައި ހިމަނަން ނިންމި ފުރަތަމަ ފަހަރު ކަމަށެވެ. މިހާތަނަށް އައިއިރު ވެސް ރާއްޖޭގައި މަދުވެގެން ކިޔަވައިދޭންޖެހޭހޭ ދުވަސްތަކެއް ގާނޫނީ ގޮތުން ކަނޑައަޅާފައި ނުވި ނަމަވެސް، އާންމު އުސޫލެއްގެ މަތިން އަބަދުވެސް އައީ މި އަދަދާ ގާތްކުރާ މިންވަރަކަށް ކިޔަވައިދެމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޔޫކޭގެ އެކަޑަމިކް ކަލަންޑަރުގައި ވެސް އަހަރަކު މަދުވެގެން 190 ދުވަހު ކިޔަވައިދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ކިޔަވައިދޭން ހަމަޖެހިފައިވަނީ 163 ދުވަހު ކަމަށްވީ ނަމަވެސް، 201 ދުވަހު ސްކޫލުތައް ހުޅުވާފައި ހުންނާނެއެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް ރާވާފައި ވަނީ ފަހުން އެއްވެސް ހާލަތެއް މެދުވެރިވި ނަމަވެސް، ޤާނޫނުގައިވާ 195 ދުވަހުގެ ޝަރުތު ފުރިހަމަވާނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވަނީ ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ފަށަން ޖެހެނީ ޖެނުއަރީ މަހުގައި ކަމަށާއި، ކޮންމެވެސް ސަބަބަކާ ހުރެ ޖެނުއަރީ މަހު ނުފެށުނު ނަމަވެސް، އެ އަހަރެއްގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަން ޖެހޭނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 9 މިނިޓު ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | ގަޑިއިރެއް ކުރިންބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފިޚަބަރު | ދުވަހެއް ކުރިން2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިން