logo
މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރު

އައިޝަތު އިނާޝާ
10 އޭޕްރީލު 2026 - 05:08
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރު

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑު ކަމަށާއި އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވެގެންވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

اللهُ سُبْحَانَهُ وَتَعَالَىގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތްކުރައްވައިފައިވެއެވެ.

އަހަރެއްގެ މައްސަރުތަކުގެ ޢަދަދަކީ، ބާރަ އެވެ. މިއަދުގެ ހުކުރު ހުތުބާގައި ބުނީ އޭގެ ތެރެއިން، ހަތަރު މަސް، ޙުރުމަތްތެރިވެގެންވާ ކަމަށެވެ. އަދި اللهُ سُبْحَانَهُ وَتَعَالَى އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވި ކަމަށާއި އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރެއްވި ކަމަށެވެ.

ހުތުބާގައި ބުނީ ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން، އެ މީހުން ހިތުހުރި ގޮތަކަށް އެ މައްސަރުތައް ބަދަލުކުރަމުން ދިޔަ ކަމަށާއި ނަމަވެސް ޙައްޖަތުލްވަދާޢުގައި މާތް ނަބިއްޔާ އެ މައްސަރުތަކަކީ ކޮބައިކަން އުންމަތަށް ބަޔާންކޮށްދެއްވި ކަމަށެވެ. އެއީ ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހުގެ އިތުރުން ރަޖަބު މަސް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުންކަން ފާހަގަކޮށް ހުތުބާގާއި ބުނީ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެއް ކަމަށެވެ.

ވަކީން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އެއީ އެ ފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރިކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީ: ހުތުބާ

މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން، މުއުމިނު އަޅާގެ މައްޗަށްވަނީ، އަޅުކަމުގައި ހީވާގިވުންކަން ފާހަގަކޮށް ހުތުބާގައި ވަނީ ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލަޢުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ނަސޭހަތްތެރިވެފައެވެ.

ފަހެ، ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ލޯބިވެވޮޑިގަތުމާއި، ފާފަފުއްސެވުމާއި، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތަކާއި މަޤާމުތަކަށް ވާޞިލުވުމަށް އެމީހެއްގެ ނަފުސު އެދި މަސައްކަތްކުރާ މީހާ: ހުތުބާ

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’ސަލާމަތް ހިތަކާއިގެން ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ގިޔާމަތް ދުވަހު ރައްކާތެރިކަމެއްނެތް:’’ޚަބަރު | 4 ދުވަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 5 ދުވަސް ކުރިން38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ ނަންޚަބަރު | 12 ދުވަސް ކުރިންދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފިޚަބަރު | 14 ދުވަސް ކުރިން