logo
Bank of Maldives

Bank of Maldives

ޚަބަރު

ޑރ. ޝަހީމް، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށް

މުޙައްމަދު އަފްރާޙް
28 މާރިޗު 2026 - 14:11
ޑރ. ޝަހީމް، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ މިނިސްޓަރުގެ މި ދަތުރުފުޅަކީ މަދީނާގައި ކުރިއަށްދާ ’ޢުމްރާ އެންޑް ޒިޔާރާ ފޯރަމް 2026′ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގެ ތެރެއިން މުހިއްމު މަސައްކަތްތަކެއް ކުރެއްވުމަށް ރޭވިފައިވާ ކަމަށާއި އެގޮތުން ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެން ގޮސްފައެވެ. ޚާއްޞަކޮށް ޙައްޖާއި ޢުމްރާގެ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ބެހޭ ވުޒާރާއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ދައުވަތުގެ މަސައްކަތް ރާއްޖޭގައި ކުރެވޭނީ އެންމެން ގުޅިގެން: ޝަހީމްޚަބަރު | 7 ގަޑިއިރު ކުރިންދިވެހިވަންތަކަމުގެ އާ ރޫހެއް: އިމާމުންނާއި ހަތީބުންނަށް ހާއްސަ ސަގާފީ ފޭރާންކޮޅެއް ތައާރަފުކުރަނީރިޕޯޓް | 3 ދުވަސް ކުރިންދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު, ދިވެހިންނަށް ނުރައްކަލެއް ނެތް: ވަޒީރު ޝަހީމްޚަބަރު | 11 ދުވަސް ކުރިންރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފިލައިގެންދާނެ: ޝަހީމްޚަބަރު | 12 ދުވަސް ކުރިން