logo
Bank of Maldives

Bank of Maldives

ޚަބަރު

މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ޑިސެމްބަރު 2025 - 03:08
މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު މަނަދޫގައި ބާއްވާފައިވާއިރު، މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.

މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މިސްކިތުގެ މަސައްކަތް ނިމި ހުޅުވުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ޢިމާރާތްކުރުމުގެ މަސައްކަތް އަވަސްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. މިގޮތުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ވީހާވެސް އަވަހަކަށް މިފަދަ މަޝްރޫޢުތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚާއްސަކޮށް، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު 15 މިސްކިތެއް ހުޅުވުމަށް މިހާރުވެސް ތައްޔާރުވަމުންދާކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މިއީ ރައްޔިތުންނަށް ނަމާދުކުރުމަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ދެމުންދާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިޚަބަރު | 16 ގަޑިއިރު ކުރިންގިނަ ވަސީލަތްތަކެއް ހުންނާނެ, ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީޚަބަރު | 4 ދުވަސް ކުރިންރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދޭ: ޝަހީމްޚަބަރު | 4 ދުވަސް ކުރިންއިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 17 ދުވަސް ކުރިން