logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މުޙައްމަދު އަފްރާޙް
1 މާރިޗު 2026 - 09:46
ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިބުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން މި މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށާއި ޢުމްރާވެރީންނަށް ޚާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ވުޒާރާގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގެވުމަށް ވުޒާރާއިން އެދެއެވެ.

މީގެ އިތުރުން ޢުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލަށް ޖާސޫސްކޮށްދިން އީރާނުގެ އެޓޮމިކް އެޖެންސީގެ ކުރީގެ މުވައްޒަފަކަށް މަރުގެ އަދަބު ދީފިދުނިޔެ | 4 ދުވަސް ކުރިން40 ދުވަހުގެ ތެރޭގައި އީރާނަށް 18,000 ބޮން އަޅައިފިން: އިސްރާއީލްޚަބަރު | 16 ދުވަސް ކުރިންޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުޚަބަރު | 16 ދުވަސް ކުރިންއަންނަ ހަފްތާގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމް ރާއްޖެއަށްޚަބަރު | 17 ދުވަސް ކުރިން