logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފި

އައިޝަތު އިނާޝާ
13 އޯގަސްޓު 2026 - 04:39
ގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފި

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރު ނިންމައި، އެ މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިޢުލާނުކޮށްފިއެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މި މުބާރާތުގެ އޮޑިޝަން ބުރު މި ދިޔަ ޖޫން މަހުގެ 4 އިން ފެށިގެން 15 ޖުލައި ގެ ނިޔަލަށް، މާލެއާއެކު ރާއްޖޭގެ ބާވީސް ސަރަޙައްދެއްގައި ބޭއްވިއެވެ. އޮޑިޝަން ބުރުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީކުރި 3050 ބައިވެރިންގެ ތެރެއިން 2742 ބައިވެރިން އޮޑިޝަން ބުރުގައި ކިޔަވާފައިވެއެވެ. އަދި ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ އޭގެ ތެރެއިން 379 ބައިވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޝަން ބުރާ ގުޅޭ ގޮތުން ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ބައިވެރިންނަށް ހުޅުވާލާފައެވެ. 16 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އަންނަ ހަފްތާގައި ސެމީ ފައިނަލް ބުރަށް ހޮވިފައިވާ 379 ބައިވެރިންގެ ލިސްޓު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އާންމުކުރާނެއެވެ.

މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތެކެވެ. އަދި މި މުބާރާތަކީ މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ. އަދި މި މުބާރާތުގައި ސެމީ ފައިނަލް ބުރަކާއި ފައިނަލް ބުރެއް އޮންނާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ކިޔެވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 10 ސެޕްޓެންބަރު 2026 އިން ފެށިގެން 19 ސެޕްޓެންބަރު 2026 ގެ ނިޔަލަށް، މާލޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފިޚަބަރު | ގަޑިއިރެއް ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 2 ދުވަސް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައިޚަބަރު | 4 ދުވަސް ކުރިންރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެޚަބަރު | 6 ދުވަސް ކުރިން