logo
Bank of Maldives

Bank of Maldives

ޚަބަރު

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި

އައިޝަތު އިނާޝާ
9 އޯގަސްޓު 2026 - 13:53
ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި ހިނގާ އޮގަސްޓު މަހުގެ 14 އިން 15 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މި ވުޒާރާގެ ދަޢުވަތަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައިޚަބަރު | ގަޑިއިރެއް ކުރިންރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެޚަބަރު | 2 ދުވަސް ކުރިންދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 5 ދުވަސް ކުރިން