logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެ

އައިޝަތު އިނާޝާ
7 އޯގަސްޓު 2026 - 12:22
ރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެ

ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" މިސްކިތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އަމިއްލަ ފަރާތަކުން ބިނާކުރާ މި މިސްކިތުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ މާރިޗުމަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މިސްކިތުގެ މިހާރުގެ ޖުމްލަ މަސައްކަތުގެ 86 އިންސައްތަ ވަނީ މުޅިން ނިމިފައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މިސްކިތަކީ، އަލްމަރުޙޫމް ފަޟީލަތުއްޝައިޚު އިސްމާއީލު މުހައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް ކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ.  މި މިސްކިތަކީ، އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި، ކިޔަވާ ކުދިންނަށް ރިސާރޗު ހެދުމަށާއި، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ބުރިއަށް ބިނާކުރާ މިސްކިތެކެވެ.

މި މިސްކިތުގެ އެތެރެއާއި ބޭރާއެކު 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތުގައި ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދީ އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އަންހެނުންނަށް ވެސް ޚާއްސަކޮށް ނަމާދު ކުރެވޭ ޖާގައަކާއެކު ފާޚާނާބަރި އެއްވެސް މި މިސްކިތުގައި ހުންނާނެއެވެ. މިސްކިތް ހުޅުވުމަށްފަހު، މިސްކިތުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިސްކިތުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ އިރު، ހުޅުމާލޭގެ އާބާދީއަށް އަންނަމުންދާ ކުރިއެރުމާ އެއްގޮތަށް ރައްޔިތުންނަށް ނަމާދުކުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މިސްކިތްތަކެއް ބިނާކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 13 ދުވަސް ކުރިންދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުން ރާއްޖޭގެ ޝާޔާ އަށް ފަޚުރުވެރި ވަނައެއްޚަބަރު | 18 ދުވަސް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 23 ދުވަސް ކުރިންގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފިޚަބަރު | 25 ދުވަސް ކުރިން