logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ރައީސްގެ ހާއްސަ އިސްކަމެއް، ރޯދައިގެ ކުރިން 18 ތަނެއް ހުޅުވާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖުލައި 2026 - 14:01
Screenshot
Screenshot

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ކަންތައްތަކަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިސްލާމީ ދާއިރާގެ 18 މަޝްރޫޢެއް ނިންމައި ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ދާއިރާގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ރައީސް ޑރ. މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ ރޯދަމަހުގެ ކުރިން 16 މިސްކިތެއްގެ މަސައްކަތާއި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގެ 2 މަޝްރޫޢެއް ނިމި ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ މިސްކިތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިސްޓްރީއާއި އަމިއްލަ ފަރާތްތައް ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލޭގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލުން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ވަޤުފު މަޝްރޫޢުތަކާ ބެހޭގޮތުން ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ފަހުކޮޅުގައި އެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިމި، އޭގެ މަންފާ ލިބެން ފަށާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި އިސްލާމީ މާޙައުލެއް ބިނާކޮށް، މިސްކިތްތަކާއި ދީނީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ރައީސްގެ ހާއްސަ އިސްކަމެއް، ރޯދައިގެ ކުރިން 18 ތަނެއް ހުޅުވާނެޚަބަރު | 4 ގަޑިއިރު ކުރިންވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންސްޕޭނުން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިޚަބަރު | 21 ގަޑިއިރު ކުރިންއިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން