logo
MPL

MPL

ޚަބަރު

ވަގްފު ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޯގަސްޓު 2026 - 18:27
ވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ވަގްފު ފަންޑަށް އެހީވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލި ފުރުސަތުގައި، މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އެ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކޮށް، އެ ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓްގެ ތެރެއިން ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޚާއްޞަ ލިންކުތަކެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ލިންކުތައް މެދުވެރިކޮށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ލިބޭ ފައިސާ ޚަރަދުކުރަމުންދަނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށެވެ. މި ހުރިހާ ޚަރަދެއްވެސް ކުރިއަށްދަނީ ވަޤުފު ފަންޑުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޤުފު ފަންޑަކީ ރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއެރުވުމަށާއި، ދީނީ އެކިއެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ މުހިންމު ފަންޑެކެވެ.

މީރާގެ ވެބްސައިޓް މެދުވެރިކޮށް މި ފަންޑަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 2 ގަޑިއިރު ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 18 ގަޑިއިރު ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 3 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | 5 ދުވަސް ކުރިން