logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2026 - 14:41
މާލޭގައި އަޅާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފު އިމާރާތް، "ދާރުއްނޫރު"ގެ ޑިޒައިންގެ މަސައްކަތް ވަޒީރުބައްލަވާލައްވަނީ، ފޮޓޯ: ވަޒީރުގެ ޕޯސްޓް
މާލޭގައި އަޅާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފު އިމާރާތް، "ދާރުއްނޫރު"ގެ ޑިޒައިންގެ މަސައްކަތް ވަޒީރުބައްލަވާލައްވަނީ، ފޮޓޯ: ވަޒީރުގެ ޕޯސްޓް

މާލޭގައި އަޅާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފު އިމާރާތް، "ދާރުއްނޫރު" ނިމުމުން އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މި ބިލްޑިންގުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ ބައްދަލުވުމުގެ ފޮޓޯތަކާއެކު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ މި މަޝްރޫޢުގެ ދަށުން ބިނާކުރާ 15 ބުރީގެ އިމާރާތުގެ ތިން ފްލޯރެއް އިސްލާމީ މިނިސްޓްރީގެ އިދާރާއަށް ޚާއްޞަ ކުރެވޭނެއެވެ. ވަޒީރު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ އިމާރާތް ނިމުމުން މިނިސްޓްރީގެ މަރުކަޒީ އިދާރާ އެތަނަށް ބަދަލުކޮށް، އިސްލާމީ މަރުކަޒު އެތަނުގެ އަސްލު މަޤްޞަދަށް ރުޖޫޢަ ކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ މަރުކަޒުގެ ދައުރު އިޢާދަކުރުމުގެ ގޮތުން އެތަނުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް، އެކި ޢުމުރުފުރާތަކަށް ދީނީ މަޢުލޫމާތު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޫލް ދަރިވަރުން ޒިޔާރަތްކުރާ ތަނަކަށް ހެދުމާއި، މަރުކަޒު ހުޅުވިއިރު ހުރި ލައިބްރަރީ އަލުން އިޢާދަކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ދާރުއްނޫރު ބިލްޑިންގުގެ ތަފްޞީލީ ކުރެހުންތައް އަންނަ މަހުގެ ތެރޭގައި ނިމޭނެއެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމެވެ. މި އިމާރާތަކީ ރާއްޖޭގައި ޤުރްއާނުގެ ޙާފިޒުން ބިނާކުރުމާއި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ބިނާކުރާ ވަޤްފު އިމާރާތެކެވެ.

މިހާރުވެސް މާލެއާއި ހުޅުމާލޭގައި ދެ ވަޤްފު އިމާރާތެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މާލޭގައި ހުރި "ދާރުލް އީމާން" ވަޤްފު ބިނާއިން އަހަރަކު 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭ ކަމަށެވެ. "3 އަހަރު ފަހުން މިފަދަ މަސައްކަތްތަކަށް މިނިސްޓްރީން ދައުލަތުގެ ބަޖެޓަށް ބަރޯސާއެއް ނުވާނެ،" ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ބިލްޑިންގުތަކުގެ ސަބަބުން އިސްލާމީ ވަޤްފު ފަންޑު ތަނަވަސްވެ، ދީނީ ކަންކަން ކުރެވޭނެ މާލީ ޤާބިލުކަން ލިބިގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 2 ގަޑިއިރު ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 5 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީޚަބަރު | 5 ދުވަސް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | 5 ދުވަސް ކުރިން