logo
MPL

MPL

ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުން ރާއްޖޭގެ ޝާޔާ އަށް ފަޚުރުވެރި ވަނައެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޯގަސްޓު 2026 - 03:28
ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ހޯދި ޝާޔާ އިސްލާމިކް މިނިސްޓަރ ޝަހީމް އަދި ސައިޚް ލަތީފާއެކު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ހޯދި ޝާޔާ އިސްލާމިކް މިނިސްޓަރ ޝަހީމް އަދި ސައިޚް ލަތީފާއެކު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ދިވެހި ބައިވެރިޔާ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ފަޚުރުވެރި 4 ވަނަ ޙާޞިލްކޮށްފިއެވެ.

މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ހޯދި މި ކާމިޔާބީއާ އެކު، އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސައޫދީ ރިޔާލް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ވޭތުވެދިޔަ 46 އަހަރުވަންދެން ދުނިޔޭގައި ބާއްވަމުން އަންނަ މި މުބާރާތުގެ 46 ވަނަ ދައުރެވެ. މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން ބައިވެރިން ވާދަކޮށްފައިވާއިރު، މިއީ މުބާރާތުގެ ދިގު ތާރީޚުގައި އަންހެން ކުދިންގެ ބައި ހިމަނައި، އަންހެން ކުދިން ވާދަކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ވަނަތަކަށް އިނާމު ދިނުން އޮތީ ރޭ މަސްޖިދުލް ޙަރަމް (ޙަރަމްފުޅު) ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ.

މީގެ އިތުރުން މި ޙަފްލާގައި ސައޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚާއި ޙަރަމްފުޅުގެ އިމާމު ޝައިޚް ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބޮޑު މުބާރާތުން ރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް ވަނައެއް ލިބުމަކީ މުޅި ރާއްޖެއަށް ލިބުނު ބޮޑު ފަޚުރަކާއި ޝަރަފެކެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްފަހު ސައޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޚުދު ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، ޝާޔާ ހޯދި މަތިވެރި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުން ރާއްޖޭގެ ޝާޔާ އަށް ފަޚުރުވެރި ވަނައެއްޚަބަރު | ގަޑިއިރެއް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 5 ދުވަސް ކުރިންގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފިޚަބަރު | 7 ދުވަސް ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 9 ދުވަސް ކުރިން