logo
Bank of Maldives

Bank of Maldives

ޚަބަރު

ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއް ރާއްޖޭގައި!

އައިޝަތު ނަޝާ
21 ފެބްރުއަރީ 2026 - 14:28
ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!

ސައުދީ އަރަބިއްޔާގެ ރަސްގެފާނު 'ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ' ރޯދަވީއްލުމުގެ ޕްރޮގްރާމާއި މޮޅު ކަދުރު ހަދިޔާކުރުމުގެ މަޝްރޫއު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއު އިފްތިތާހުކުރެއްވީ މިއަދު ހަވީރު 17:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ ޝަހީމް އަލީ ސައީދުއެވެ.

މި މަޝްރޫއުގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ޝަހީމް ފާހަގަ ކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތްތަކަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދުގެ ރޯދަ ވީއްލުމުގައި ބައިވެރިވުމަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައިޚަބަރު | 21 ގަޑިއިރު ކުރިންރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެޚަބަރު | 3 ދުވަސް ކުރިންދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 6 ދުވަސް ކުރިން