logo
MPL

MPL

ޚަބަރު

ސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

މުޙައްމަދު އަފްރާޙް
23 ފެބްރުއަރީ 2026 - 12:11
ސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް މި އަހަރު ވެސް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މިއީ ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ ކަދުރު ހަދިޔާކުރުމުގެ ޙަރަކާތުގެ ދަށުން ހަދިޔާކުރި ކަދުރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެހީ ސަރުކާރާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ގަހްތާނީއެވެ. އަދި ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެލެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ.

އާންމު ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުން ހަދިޔާކުރާ 50 ޓަނުގެ ކަދުރުގެ ޝިޕްމަންޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. އެ ޝިޕްމަންޓް ލިބުމާ އެކު، މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް ކަދުރު ބެހުމުގެ މަސައްކަތް ހަލުވިކަމާ އެކު ފެށިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

މި އެހީއަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޙަރަކާތެކެވެ. މީގެ އިތުރުން އިއްޔެ ވަނީ ރޯދަވީއްލުން ހަދިޔާ ކުރުމުގެ ޕްރޮގްރާމް ވެސް ރަސްމީކޮށް ރާއްޖޭގައި ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 21 ދުވަސް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 22 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 24 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | 25 ދުވަސް ކުރިން