logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޑިސެމްބަރު 2025 - 10:26
ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ ފަށަނީ

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ، ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޮންފަރެންސް ކުރިޔަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ކޮންފަރެންސްގެ ޚާއްޞަ ކަމަކީ މިއީ މައުރަޒަކާވެސް އެކު ކުރިޔަށްދާނެ ހަރަކާތެއް ކަމަށްވުމެވެ.

މި މައުރަޒުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވާނެއެވެ. މި ކުންފުނިތަކުންދޭ ޚިދުމަތްތަކުގެ މަޢޫލޫމާތު ޢާއްމުންނާ ޙިއްސާކޮށް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތަކީ ނުހަނު މާތް އަޅުކަމަކާ ގުޅުންހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ.

ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް އަދި ހުކުރުދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.

މި ކޮންފަރެންސުގައި ބައިވެރިވުމަށް ސަޢޫދީޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ ދީނީ ގޮފި ކަމަށްވާ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ވަނީ ރާއްޖެ އައިސްފައެވެ. އެ ބޭފުޅުންގެ ފަރާތުންވެސް ޙައްޖު ޢުމްރާ ކޮންފަރެންސްގައި ޚާއްޞަ ސެޝަންތަކެއް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ކޮންފަރެންސަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.

ކޮންފަރެންސްގެ ތެރެއިން ޙައްޖާއި ޢުމްރާގެ ޚިދުމަތާ ގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ ފުންނާބު އުސް ޢިލްމުވެރިންނާއި، ޚިދުމަތާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ކޮންފަރެންސަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ހަރުދަނާކޮށް، ދިވެހި ޙައްޖާޖީންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބެލެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ ފަށަނީޚަބަރު | ގަޑިއިރެއް ކުރިންމަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންފަގީރުންނަށް ޚާއްޞަ "ޒަކާތު ބެނެފިޝަރީ ކާޑު" ދޫކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 4 ދުވަސް ކުރިންއިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު" މާދަން ފަށަނީޚަބަރު | 6 ދުވަސް ކުރިން