logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު" މާދަން ފަށަނީ

އިސްމާޢިލް ރާތިޢު
4 ޑިސެމްބަރު 2025 - 11:30
2024 ވަނަ އަހަރުގެ މީޑިއާ މައުރަޒު- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
2024 ވަނަ އަހަރުގެ މީޑިއާ މައުރަޒު- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީޑިއާތަކާއި އާންމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މައުރަޒު، މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކާ ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ، ވުޒާރާގެ ކާމިޔާބީތަކާއި މިދިޔަ އަހަރު ވުޒާރާއަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާންމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި ވަކިވަކި ސެކްޝަންތަކުގެ ވެރިންނާ ބައްދަލުކޮށް، ސެކްޝަންތަކުން ކުރާ މަސައްކަތްތަކާ ބެހޭ ސުވާލުތައް ކުރުމާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި މައުރަޒަކީ ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މައުރަޒެކެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ މި މައުރަޒު ފެށޭނީ މާދަމާ ހަވީރު 16:00 ގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހު 16:00-18:00 އަށް އަދި ހޮނިހިރު ދުވަހު 10:00-18:00 އަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 9 ދުވަސް ކުރިން"އިސްލާމްދީނުގައި އެކި މަރުޙަލާތަކުގައި ޖުވާ ވަނީ ނަޙީ ކުރައްވާފައި"ޚަބަރު | 12 ދުވަސް ކުރިންސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިޚަބަރު | 15 ދުވަސް ކުރިންސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!ޚަބަރު | 17 ދުވަސް ކުރިން