logoEN
ޚަބަރު

ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމަށް އިންޑިޔާއިން އަބަދުވެސް އެހީވާނެ - ސަފީރު

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

04 މާރިޗު 2025 - 12:53

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރުމުންދާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާއިން އެހީވެދޭނެކަން ހާމަކޮށްފައިވާއިރު، އެ ޤައުމުގެ އެހީގައި ރާއްޖޭގެ ރާއްޖޭގެ 6 ސަރަހައްދެއްގައި މަސް ފެކްޓަރީ ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިންޑިއާ ސަފީރު ވިދާޅުވީ މިމަސައްކަތަކާއިއެކު، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން އަދި ދިވެހި ސަރުކާރުން އިސްކަން ދޭ ދާއިރާތަކަށް އެހީވުމަށް އިނޑިއާއިން ތައްޔާރަށް އޮތް ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުން ވަނީ ކުންފުންޏެއް އުފައްދާފައެވެ.

މިކުންފުނި އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އެހީތެރިވެދޭއިރު، މިއަހަރު ތެރޭ މަސްވެރިކަމުގެ ފެއަރތަކުގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

871x217_placeholder