logoEN
ޚަބަރު

ރޯދަ މަހަށް ޚާއްޞަކޮށްގެން އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

04 މާރިޗު 2025 - 14:13

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

މި މުބާރާތަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި 24 އޮފީހަކުން ޖުމްލަ 94 މުވައްޒަފަކު ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ މާލޭގައި ހުންނަ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

މި މުބާރާތުގެ ކިޔެވުންތައް ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައވާއިރު، އަދި މިއީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގެ މަޤްޞަދަކީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުކޮށް، ރަމަޟާން މަހުގެ ރޫޙު އާލާކުރުމެވެ.

ކޮމެންޓް

871x217_placeholder