ޓޫރިޒަމް މިނިސްޓަރ އެޑެލްވައިސް އެއަރލައިންގެ ޓީމާ ބައްދަލުކުރައްވައިފި


05 މާރިޗު 2025 - 07:38
އައި.ޓީ.ބީ ބަރލިން 2025 ގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަނުގައި ހުންނެވި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހީމް، އެޑެލްވައިސް އެއަރލައިންގެ ޓީމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެކުގައި މަސައްކަތްކުރުމާއި، ޓޫރިޒަމްގެ ދަށް މޫސުމުގައި ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި، އެޑެލްވައިސް އެއަރލައިނަކީ ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ އެއަރލައިނެކެވެ. އަދި ދިވެހިރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެ އެއަރލައިނާއެކު ގުޅިގެން މަސައްކަތްކުަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެޑެލްވައިސް އެއަރލައިންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖެއަކީ އެ އެއަރލައިންގެ މުހިންމު މަންޒިލެކެވެ. އަދި ޓޫރިޒަމްގެ ދަށް މޫސުމުގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެ ފަރާތުން ޝައުޤުވެރިކަން ފާޅުކުރިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެވަޑައިގަތީ، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެކުގައި މަސައްކަތްކުރުމަށާއި، ޓޫރިޒަމްގެ ދަށް މޫސުމުގައި ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރުމަށެވެ.
އިތުރު ލިޔުންތައް

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި
4 މަސް ކުރިން
ދިވެހިރާއްޖެއިން ތިންވަނަ އެންޑީސީ ޔޫއެންއެފްސީސީސީއަށް ހުށަހަޅައިފި
4 މަސް ކުރިން
12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ފަށައިފި
4 މަސް ކުރިން