logoEN
ޚަބަރު

އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އައިޖީއެމްއެޗްގެ އިސްވެރިންނާ ބައްދަލުކުިރެއްވުމުގެ ތެރެއިން

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އައިޖީއެމްއެޗްގެ އިސްވެރިންނާ ބައްދަލުކުިރެއްވުމުގެ ތެރެއިން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެމުންގެންދާ ޚިދުމަތްތައް ހަރުދާނާކުރުމާއި ގުޅޭގޮތުން ހެލްތް މިނިސްޓަެ އަބުދުﷲ ނާޒިމް އިބްރާހިމް އެހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުމުގައި މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުގައި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި، އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމަށް މިނިސްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.

މިއާއެކު އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ވީހާވެސް ސާފުކޮށް، ރައްޔިތުން އިޙްތިރާމްކުރާ އަދި ބަލައިގަންނަ ތަނަކަށް އެހޮސްޕިޓަލް ހެދުމަށްޓަކައި ކަސްޓަމަރ ކެއާގެ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރ ވަނީ އައިޖީއެމްއެޗްގައި އެނދުގެ ޢަދަދު ނުވަތަ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްފުޅާކޮށް، އެޑްމިޓްކޮށް ޚިދުމަތްދޭ ފަރާތްތަކަށް ދެމުންދާ ޚިދުމަތް ހަރުދާނަކުރުމަށްޓައި 75 އެނދު އިތުރުކުރުމަށް ވަކި އޭރިއާއެއް އެހޮސްޕިޓަލުގައި ދަނީ ތަރައްގީކުރަމުންނެވެ.

ކޮމެންޓް

871x217_placeholder