logo
ޚަބަރު

މޯލްޑިވިއަންއަށް ވައިޑްބޮޑީ ބޯޓެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި

އާމިނަތު ޝަފާ
7 މާރިޗު 2025 - 06:45
މޯލްޑިވިއަންއަށް ވައިޑްބޮޑީ ބޯޓެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި

ދުރު މަންޒިލްތަކަށް ދަތުރުތައް ކުރަން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެއާބަސްގެ އިތުރު ބޯޓެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން މަތިންދާބޯޓު ހޯދަން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއިއުލާނުގެ މުއްދަތު ހަމަވެފައިވާތީ މޯލްޑިވިއަނުން ވަނީ އިއުލާނުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ.

އިއުލާނުގައި ބުނެފައިވަނީ އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.

މޯލްޑިވިއަން އިން މި މަރުކާގެ ފުރަތަމަ ބޯޓު ޖެނުއަރީ މަހު ރާއްޖެ ގެނެސްފައިވާއިރު އެ ބޯޓުން ދަނީ ޗައިނާގެ ސިޓީތަކަށް ދަތުރުތައް ކުރަމުންނެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހުކޮށް، ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ގައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މި އަންނަ އޮކްޓޫބަރު މަހުގައި އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނެވި، ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ގައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެކަމުގައި ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެޚަބަރު | 2 ދުވަސް ކުރިންއަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަދޫގައި ސީޕްލޭން ދަތުރުތައް ފަށަނީޚަބަރު | 4 ދުވަސް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނުން އެފްއައިޓީ ޓީކެޓުގެ އަގުހެޔޮކޮށްފިވިޔަފާރި | 6 ދުވަސް ކުރިންސުކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ޝެޑިއުލްކޮށްފި ޚަބަރު | 2 މަސް ކުރިން