logo
Bank of Maldives

Bank of Maldives

ޚަބަރު

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި: ބަންޑާރަ ނައިބު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
7 މާރިޗު 2025 - 15:20
ބަންޑާރަ ނައިބު އަޙްމަދު އުޝާމް -- ފޮޓޯ: ދައުރު
ބަންޑާރަ ނައިބު އަޙްމަދު އުޝާމް -- ފޮޓޯ: ދައުރު

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި ކަމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ އެފަދައިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާތީވެ، އެކަމަކީ ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ކަމުގައި އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ފަރާތްތަކުން ވިދާޅުވަމުންދާތީވެ، އެކަމަށް އިޝާރަތްކުރައްވައި މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި ވެރިކަމުގެ މިހާތަނަށް އަދި މިދިޔަ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުންނަށް ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު، ޖޭއެސްސީން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފުވާކަމަށެވެ.

އެގޮތުން ބަންޑާރަ ނައިބު ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ނޮވެމްބަރު 2018 އިން ފެށިގެން ހުސްވި 2023 ވަނަ އަހަރުފެ ނޮވެމްބަރުގެ ނިޔަލަށް، މުޅި ޖުމްލަ 56 މައްސަލައެއްގައި ފަނޑިޔާރުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަގާމުން ވަކިކުރި އަށް ފަނޑިޔާރުންނާއި، ސަސްޕެންޑް ކުރި 12 ފަނޑިޔާރުންގެ އިތުރުން، މަގާމުން ދަށްކުރި ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން 33 ފަނޑިޔާރުންނެވެ.

އެހެން ނަމަވެސް މި ވެރިކަމުގެ މިހާތަނަށް ފިޔަވަޅު އަޅާފައިވަނީ ފަސް ފަނޑިޔާރުންނަށެވެ. އެއީ މި ފަހުން ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިތުރުން، ސުލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން ދެ ފަނޑިޔާރުންނެވެ.

އެއާއެކު ބަންޑާރަ ނައިބު ވަނީ، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސުލޫކީވުން” ނިމުމަކަށް ގެނައީ މި ސަރުކާރާ ހިސާބުންކަން ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހަޅަނީޚަބަރު | 2 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީޚަބަރު | 22 ދުވަސް ކުރިންހައި ކޯޓަށް މާދަމާ ފަނޑިޔާރަކު ކަނޑައަޅައި އައްޔަންކުރަނީޚަބަރު | 23 ދުވަސް ކުރިންރައްޔިތުންގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ބަންޑާރަނައިބު މަސައްކަތް ކުރަންޖެހޭ: އުޝާމް ޚަބަރު | މަހެއް ކުރިން