logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން؛ ވަޒީރު އާދަމަ ޝަރީފް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލައްވާފަ--ފޮޓޯ: ވުޒާރާ
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން؛ ވަޒީރު އާދަމަ ޝަރީފް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލައްވާފަ--ފޮޓޯ: ވުޒާރާ

ވާރޭ ވެހިއްޖެ ނަމަ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި ޙަރަކާތް ފެށުނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަނީ މިއަދު ވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ އޮންނަނީ ކުރަންޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ 6 ޖީއެސްޓީސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ވެސް ފަށައިފައެވެ.

އެހެންކަމުން މިއަދު ވުޒާރާއިން ފެށި މި ޙަރަކާތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވުޒާރާއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 14 ގަޑިއިރު ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | 2 މަސް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން