logoEN
ޚަބަރު

ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އޭސީސީއަށް މީހުން ހާޒިރުކުރަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

09 މާރިޗު 2025 - 02:23

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މީހުން ހާޒިރުކޮށް ބަޔާން ނަގަން ފަށައިފިއެވެ.

އޭސީސީގެ އޮފިޝަލަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ބައެއް މީހުން ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

މީގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ވެސް ހިމެނެއެވެ. އަދި ބައެއް މީހުންގެ ބަޔާނުގައި ސޮއިކުރުމަށް ރޭ ވެސް ހާޒިރުކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރެވެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.

ކޮމެންޓް

871x217_placeholder