logo
ޚަބަރު

އިސްރާއީލު ޕާސްޕޯޓް މަނާކުރެވޭނީ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުން: ވަޒީރު

އާމިނަތު ޝަފާ
10 މާރިޗު 2025 - 07:14
އިސްރާއީލު ޕާސްޕޯޓް މަނާކުރެވޭނީ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުން: ވަޒީރު

އިސްރާއީލު ޕާސްޕޯޓް މަނާކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުންކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރުގެ ސުވާލުގައިވަނީ ރާއްޖޭގެ ފޮރިން ސަރވިސަސް ޤާނޫނު ނިޔާކުރާގޮތުން ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ޤަބޫލުކުރުމާއި ޤަބޫލުކުރުން އަނބުރާ ގެންދިޔުމާއި ބޭރު ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރުމާއި ސިޔާސީ ގުޅުން ކަނޑާލުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތައް ތަންފީޒު ކުރުމަކީ ވަޒީރުގެ މަސްއޫލިއްޔަތެއް ކަމުގައިވީނަމަވެސް އިސްރާއިލު ޕާސްޕޯޓާއެކު ރާއްޖެއަށް އެތެރެވުން މަނާކުރުމަށް 2 ޖޫން 2024 ގައި ނިންމި ނިންމުން އަދިވެސް ތަންފީޒު ނުވަނީ ކީއްވެގެންކަން އޮޅުންފިލުވާދިނުމަށެވެ.

ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން 2 ޖޫން 2024 ގައި ރައީސުލްޖުމްހޫރިއްޔާ ނިންނިންމެވުން ތަންފީޒު ކުރެއްވުމަށްޓަކައި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަންޖެހޭކަމަށެވެ. އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ - 241 ކޮމިޓީ ގައި ކަމާއި ގުޅުން ހުރި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މަރުހަލާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުން ތަންފީޒު ކުރަން މަގުފަހިވެގެންދާނީ އެ އިސްލާހު ޤާނޫނަކަށްވުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެފަދަ ކަންކަން ހުއްޓާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ މަޝްރަހުގެ ސަަމާލުކަމަށް އެފަދަ ކަންކަން ގެނައުމަށް ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އިސްލާމީ ޤައުމުތަކާއެކު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ގަތުލު އާއްމާ ދެކޮލޫ ހެދުމުގެ ގޮތުން ޔަހޫދީންގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ އިތުރުން 2 ޖޫންގައިވަނީ ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަންވެސް ނިންމަވާފައެވެ. އަދި މީގެ އިތުރުން ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއްވަނީ ހިންގާފައެވެ.

އަދި ހާލުގައި ޖެހިފައިވާ ފަލަސްތީނުގައި މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ، އަންރުވާ  އަށް ރާއްޖެއިން ދޭ ފައިސާގެ އެހީ 50،000 ޑޮލަރަށް ނުވަތަ 771،000 (ހަތް ލައްކަ ހަތްދިހަ އެއް ހާސް) ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ. އަދި މި ފައިސާގެ އިތުރުން ޒަކާތު ފަންޑުން ފަލަސްތީނަށް  އެއް ލައްކަ ޑޮލަރު ހަދިޔާކުރަން ވަނީ ނިންމާފަައެވެ.

ރާއްޖެއިން އަބަދުވެސް މި މައްސަލައިގައި ވަކާލާތުކުރަނީ މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ އައުޓް ޓީޝާޓް ނުލަން، ލައިގެން ހުރީ މިނިވަންކަމުގެ ދިފާއުގެ ޓީޝާޓް: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ވަރުގަދަ: ވަޒީރު ހަލީލްޚަބަރު | 8 ދުވަސް ކުރިންއިސްރާއީލުގެ ޣައްޒާ ހިފުމުގެ ޕްލޭނަކީ ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން : ދިވެހި ސަރުކާރު ޚަބަރު | 13 ދުވަސް ކުރިންފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ފްރާންސުން ނިންމުމުން ރާއްޖެއިން މަރުހަބާކިޔައިފި ޚަބަރު | މަހެއް ކުރިން